ޖުޑީޝަލް ސާވިސް ކޮމިޝަން

ޖޭއެސްސީގައި މަޖިލިސް ތަމްސީލުކުރާ މެންބަރަކަށް ހިސާން އައްޔަން ކުރަން ނިންމައިިފި

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުންގެ ތެރެއިން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރު ކަމަށް ތުޅާދޫ ދާއިރާގެ މެމްބަރު ހިސާން ހުސައިން އައްޔަން ކުރުމަށް އެމްޑީޕީގެ ޕާޓީގެ ޕާލަމެންޓްރީ ގްރޫޕުން ނިންމައިފިއެވެ.

ޖޭއެސްސީގެ މެންބަރު ކަމަށް ހިސާން އައްޔަންކުރަން ފެންނަ ކަމަށް ފާސްކޮށްފައިވަނީ އެމްޑީޕީގެ ޕީޖީ ގްރޫޕުގެ އިއްތިފާގުންނެވެ. އެމްޑީޕީގެ ޕާލިމެންޓްރީ ގްރޫޕުން ހިސާންގެ ނަން ފާސްކުރީ މިހާރު ކުރިއަށްދާ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގެ ކުރިން ބޭއްވި ބައްދަލުވުމެއްގައެވެ.

ނިމިދިޔަ 18 ވަނަ ރައްޔިތުންގެ މަޖިލީހުގައި މަޖިލީހުގެ ފަރާތުން ޖޭއެސްސީއަށް ކަނޑައެޅުއްވި މެންބަރަކީ ފާރިޝް މައުމޫނެވެ.