ޚަބަރު

ހުޅުމާލޭގައި މީހެއްގެ އަތުން 15000 ޑޮލަރު ފޭރިގެންފި

އަލީ އިހްސާން

މީހެއްގެ އަތުން 15000 ޑޮލަރު ފޭރިގަތް މައްސަލައެއް ބަލަން ފަށައިފިއެވެ.

ފުލުހުން ބުނީ މިރޭ 12:05 ހާއިރު ހުޅުމާލޭ ސިޓީ އޮންލައިން އޭސިއާ ކައިރިން ދެ ސައިކަލެއްގައި އައި ހަތަރު މީހަކު އައިސް މާލޭ މީހެއްގެ އަތުން 15000 ޑޮލަރު ފޭރިގެންފައިވާ ކަމަށެވެ. އެމީހާއަކީ މާލެއިން ހުޅުމާލެއަށް އައި މީހެއްކަމަށް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން އަދި އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށާއި، އެ މައްސަލަ ފުލުހުން ތަހްގީގު ކުރަމުން ގެންދާ ކަމަށެވެ.