ޚަބަރު

ހަޔާތެއް މަތީ ނިދާލަން ބޭނުންތަ؟

ރާއްޖޭގައި ފަރުނީޗަރުގެ ވިޔަފާރީ ކުރާ ކުންފުންޏެއް ކަމަށްވާ ސިލްވަކާޓުން، އެ ކުންފުނީގެ އާ އުފެއްދުމެއް ކަމަށްވާ "ހަޔާތް މެމޮރީ ފޯމް ގޮދަޑި" ބާޒާރަށް ނެރެފިއެވެ.

ސިލްވަކާޓުން ބުނި ގޮތުގައި މިއީ އަށް އިންޗީގެ އުސްމިނުގައި ތައްޔާރުކޮށްފައިވާ ގޮދަޑިއެއް ކަމަށާއި މި ގޮދަޑީގައި ގިނަ ފަށަލަތަކެއް އެކުލެވޭ ކަމަށެވެ. އޭގެ ތެރޭގައި ރަނގަޅު ފެންވަރުގެ ވިޔެފައިވާ ފޮތި، ކޮޓަން، ނޮން-ވޫވަން ފެބްރިކް، ތްރީޑީ މެމޮރީ ފޯމް، ހައި-ޑެންސިޓީ ސްޕަންޖް، ޕޮލިއެސްޓާ ވެޑިނ އަދި ނޭވާލުމަށް ފަސޭހަ ތުރީޑީ މެޝް ފެބްރިކް ހިމެނޭ ކަމަށް އެ ކުންފުނިން ބުންޏެވެ.

ސިލްވަކާޓުގެ ޑިރެކްޓާ އޮފް ސޭލްސް އެންޑް މާކެޓިން އަސްއަދު ޔޫސުފް ވިދާޅުވީ ހަޔާތް މެމޮރީ ފޯމް ގޮދަޑިއަކީ ދިރާސާކޮށް ދިވެހިންނަށް އެންމެ ކަމުދާނެ ގޮތަށް ފަރުމާކޮށްފައިވާ ގޮދަޑިއެއް ކަމަށެވެ.

އަލިކިލޭގެފާނު މަގުގައި ހުންނަ ސިލްވަކާޓު ފިހާރައިން މި ގޮދަޑި ލިބެން ހުރި އިރު، މިހާރު ވިއްކަނީ ކުއީން ސައިޒު (6.3×5 ފޫޓު) އަދި (6.3×4 ފޫޓު) ކަމަށް އެ ކުންފުނިން ބުންޏެވެ.

ސިލްވަކާޓުން މިހާރު ވަނީ ރޯދަ މަހަށް ރޯދަ ސޭލް ވެސް ފަށައިފައެވެ. މި ސޭލްގައި ހާއްސަ ޑިސްކައުންޓްތަކެއް ދެމުންދާ އިރު، އެ ކުންފުނިން ވަނީ ޕްރޮމޯޝަނެއް ވެސް ފަށައިފައެވެ. އެގޮތުން 1500 ރުފިޔާއިން މަތިން ވިޔަފާރި ކުރާ ކޮންމެ ފަރާތަކަށް ކޫޕަނެއް ލިބޭނެއެވެ. މި ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަށް "ސުކޫޕީ" ސައިކަލެއް ލިބޭނެ ކަމަށް ވެސް އެ ކުންފުނިން ބުންޏެވެ.