އެމަރަލްޑް ގްރޭންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑްގެ ސޮއި ފޯޖުކޮށްގެން އެ ކުންފުނީގެ ހިއްސާ ބަދަލުކުރަން އުޅުނު މައްސަލައެއް ފުލުހުން ތަހުގީގުކުރަން ފަށައިފިއެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ އެމެރަލްޑް ގްރޭންޑް ހޮޓެލްގެ އީ-ސިންނޭޗާ ފޯޖުކޮށްގެން ކުންފުނީގެ ހިއްސާ ބަދަލުކުރަން އުޅުނު މައްސަލައެއް މިދިޔަ އޮގަސްޓު މަހުގެ 22 ވަނަ ދުވަހު ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.
އެ މައްސަލަ ތަހުގީގުކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
އެމެރަލްޑް ގްރޭންޑް ހޮޓެލް ޕްރައިވެޓް ލިމިޓެޑް އިކޮނޮމިކް މިނިސްޓްރީގައި ރަޖިސްޓަރީކޮށްފައިވަނީ 20 މޭ 2019 ގައެވެ. އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ އަހުމަދު ސާބިރެވެ. އެ ކުންފުނީގެ ބޯޑުގައި ދެން ހިމެނީ އަލީ ފަޔާޒް ކިޔާ މީހެކެވެ.