ޑައިވްކުރަން އުޅުނު ފަތުރުވެރިއަކަށް ސީރިއަސް އަނިޔާތަކެއްވެ ފަރުވާދޭން ފަށައިފިއެވެ.
ފުލުހުން ބުނީ، މިއަދު 11 ޖަހާއިރު އދ. މަހިނބަދޫ ކައިރީގައި އޮންނަ މަންތާ ޕޮއިންޓަށް ދިޔަ ސަފާރީއަކުން ޑައިވްކުރަން މީހުން މޫދަށް ބޭލިއިރު، ޖެހި ރާޅަކާއެކު އެތަނުން އެއް ފަތުރުވެރިއަކު މޫދަށްވެއްޓި، މޫދުގައި އޮތް މީހެއްގެ ބޮލުގައި އޭނާ އަޅައިގެން ހުރި އޮކްސިޖަން ފުޅިން ޖެހި އަނިޔާ ލިބިފައިވާ ކަމަށެވެ.
ފުލުހުން ބުނީ އަނިޔާ ލިބިފައިވަނީ 29 އަހަރުގެ ޖަރުމަނުގެ ފިރިހެނަކަށް ކަމަށާއި އޭނާއަށް މަހިބަދޫ ހޮސްޕިޓަލަށް ގެންގޮސް ފަރުވާދީ، 14:00 ހާއިރު އިތުރު ފަރުވާއަށް މާލެ ގެނެސްފައިވާ ކަމަށެވެ.
އޭނާގެ ހާލު ސީރިއަސްކަމަށް މައުލޫމާތު ލިބޭ ކަމަށާއި، އެ ހާދިސާގައި ބަލަންޖެހޭ ކަންތައްތައް ފުލުހުން ބަލަމުން ގެންދާ ކަމަށް ފުލުހުން ބުނެއެވެ.