ޚަބަރު

ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެ

ހުޅުމާލޭގެ ބޮޑު ސަރަހައްދަކުން ކަރަންޓު ކެނޑިއްޖެއެވެ.

ސްޓެލްކޯއިން އެކްސްގައި މީގެ އިރުކޮޅެއް ކުރިން ކުރި ޕޯސްޓެއްގައި ބުނީ، ޓެކްނިކަލް މައްސަލައަކާ ގުޅިގެން ހުޅުމާލޭގެ ފުރަތަމަ ފިޔަވައްސާއި ދެ ފިޔަވަހީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް މެދުކެނޑިފައިިވާ ކަމަށާއި މައްސަލަ ދެނެގަނެވި ވީއެންމެ އަވަހަކަށް އެ މައްސަލަ ހައްލުކޮށް ހިދުމަތް މެދުކެނޑިފައިވާ ސަރަހައްދުތަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެނގިފައިވާ ގޮތުގައި، ކަރަންޓު ކެނޑިފައިވަނީ ފީޑަރަކަށް ދިމާވި މައްސަލައަކުންނެވެ.

އެގޮތުން ހިޔާ ފްލެޓްގެ ބައެއް ޓަވަރުތަކުންވެސް ވަނީ ކަރަންޓު ކެނޑިފައެވެ.

ސްޓެލްކޯއިން ވަނީ ކަރަންޓު ކެނޑުމުން ދިމާވެދާނެ ދަތިތަކަށް މައާފަށް އެދިފައެވެ.