އިބްރާހިމް ޒަކީ
ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރުކަމަށް ގ. ގޮފި އައިމިނަތު ސަރާހަތު އިއްޒަތު، އާއި ހއ. އިހަވަންދޫ އުސްއަކުރުގެ މުހައްމަދު އަބްދުﷲ، (މުހައްމާ) އައްޔަން ކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ބްރޯޑް ކާސްޓިން ކޮމިޝަނުގެ މެންބަރުކަމަށް ހުޅުވާލުމުން ކުރިމަތިލި ފަރާތްތަކުގެ ތެރެއިން އިސްކަންދެއްވާ ތަރުތީބުން ރައީސުލްޖުމްހޫރިއްޔާ މަޖިލީހަށް 12 ބޭފުޅެއްގެ ނަން ފޮނުއްވިއެވެ.
އެފަރާތްތަކާ އިންޓަވިއުކުރުމަށްފަހު މިނިވަން މުއައްސަސާތަކުގެ ކޮމިޓީގެ ރިޕޯޓު މިއަދުގެ ޖަލްސާއަށް ހުށަހެޅުމަށްފަހު ވޯޓަށް އަހާފައިވަނީ ވެސް ތިން ބޭފުޅުންގެ ނަމަށެވެ. އެ ތިން ބޭފުޅުންގެ ތެރެއިން ދެ ބޭފުޅުންގެ ނަން ފާސްވުމުން އިތުރު ބޭފުޅުންގެ ނަމަކަށް ވޯޓަށް އަހާފައެއް ނުވެއެވެ. އެ ބޭފުޅުންގެ ތެރެއިން ސަހާރަތުގެ ނަން ފާސްވީ 68 މެންބަރުންގެ ވޯޓުންނެވެ. އަދި މުހައްމާގެ ނަން ފާސްވީ 58 މެންބަރުންގެ ވޯޓުންނެވެ.
ޝިފްޒާ މުސްތަފާގެ ނަން ފާހެއް ނުވިއެވެ.