އިބްރާހިމް ޒަކީ
ނަސެންދުރަ އިމާރާތުގެ މައްސަލައިގައި، އެޓާނީ ޖެނެރަލް (އޭޖީ)ގެ ލަފާފުޅު ލިބުނުހާ އަވަހަކަށް، ފިޔަވަޅު އަޅާނެކަމަށް ޓޫރިޒަމް މިނިސްޓަރު އަލީ ވަހީދު ވިދާޅުވެއްޖެއެވެ.
ނަސަންދުރަ ހުރި ބިން ފަންސަވީސް ބުރިއަށް ތަރައްގީ ކުރުމަށް، ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޅިޔަނު އެއްލައިދޫ މުހަންމަދު މަނިކުގެ މަސްހަލަތު އޮންނަ އެންޕީއެޗް އިންވެސްޓްމެންޓާ ހަވާލުކޮށްފައި ވަނީ، ޓޫރިޒަމާ ބެހޭ ގާނޫނާ ހިލާފަށްކަމަށްވަނީ އެނގިފައެވެ. އަދި ލީސް އެގްރީމެންޓް ހެދިފައިވަނީ މިނިސްޓްރީގެ ބަހެއް ނެތި ކަމަަށާއި، އެތަން އެގްރީމެންޓްކޮށް ހަވާލުކޮށްފައި ވަނީ ބިޑު ކުރުމަކާ ނުލައިކަންވެސް ވަނީ ހާމަވެފައެވެ.
މިއަދު ބޭއްވި ނިއުސް ކޮންފަރެންސްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މިނިސްޓަރުކަމާ ހަވާލުވެ ވަޑައިގެންނެވުމަށްފަހު، ޓޫރިޒަމްގެ ޕޮލިސީ ޓީމުން ބެލި ބެލުމުން އެ ޕްރޮޖެކްޓާއެކު ކުރިއަށް ނުދެވޭނެކަމަށް ވަނީ ބަލައިފައެވެ. އެހެންކަމުން އެކަމުގައި ބަންޑާރަނާއިބުގެ ލަފައަކަށް އެދިފައިވާ ކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.
ނަސަންދުރައިގެ މަސައްކަތް އަޅުގަނޑުނމެންސަ ރުކާރާ ހަވާލު ވުމަށްފަހު
"އަޅުގނޑުމެންގެ ޕޮލިސީ ޓީމުން އަޅުގަނޑުމެން އެ ކޮންޓްރެކްޓާއެކު ކުރިއަށް ދިއުމުގައި އަޅުގަނޑުމެންނަށް ޕުލް ނުކުރެވޭނެކަމްށް ގަބޫލު ކުރެވޭތީވެ އެއީ އެންމެ ރަނގަޅު ގޮތްނޫންކަމަށްވާތީ އަޅުގަނޑުމެން ވާނީ ބަންޑާރަ ނާއިބުގެ ލަފައަކަށް އެދިފަ. ބަންޑާރަ ނާއިބުގެ ލަފާފުޅު ލިބުނުހާ އަވަހަކަށް އެކަމާގުޅިގެން އަޅަންޖެހޭ ފިޔަވަޅެއް އަޅާނަން،" މިނިސްޓަރު ވިދާޅުވިއެވެ.
ނަސަންދުރަ ހުރި ބިމާ އިން ވެގެން އޮތް އައިލެންޑް އޭވިއޭޝަން ސާވިސަސް ހިންގި ހ. އޯކިޑް ލޮޖްގެ ބިމާއެކު 50 އަހަރަށް ކުއްޔަށް ދިން އެއްބަސްވުމާ މެދު އަލުން ގޮތެއް ނިންމުމަށް ޓޫރިޒަމް މިނިސްޓްރީ އަށް އޮޑިޓަ ޖެނެރަލް ވަނީ މީގެ ކުރިން ލަފާދެއްވައިފައެވެ. އަދި އޭސީސީންވެސް އެ މައްސަލަ ވަނީ ބަލައިފައެވެ.