ޚަބަރު

އެމްޑީޕީ ހަރުގެއަށް ކަޅުތެޔޮ ޖަހައިފި

މުހައްމަދު އިޝާން

އިދިކޮޅު މައި ޕާޓީ، އެމްޑީގެ ޖަގަހައަށް ކަޅުތެޔޮ ޖެހި މައްސަލައެއް ފުލުހުން ތަހުގީގު ކުރަން ފަށައިފިއެވެ.

ފުލުހުން މިއަދު ބުނީ ރޭ 12:59 އެހާކަންހާއިރު ޗާންދަނީ މަގުގައި ހުންނަ އެމްޑީޕީގެ ދަނޑިކޮށި ޖަގަހަޔަށް ކަޅުތެޔޮ ޖެހި މައްސަލައެއް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނި ނަމަވެސް އެ މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކުރި ކަމެއް ފުލުހުން ނުބުނެއެވެ.

ދަނޑިކޮށި ޖަގަހަޔަށް ކަޅުތެޔޮ ޖަހައިފައިމިވަނީ ވެރިކަންކުރާ ޕީއެންސީއަށް މެންބަރުން އިތުރުކުރުމުގެ ހަރަކާތުގެ ތެރެއިން ވަގު ފޯމު ފުރާ ކަމަށް ބުނެ ޕީއެންސީގެ ބައެއް މަގާމުތަކުގެ މީހުންނާއި ސަރުކާރުގެ މަތީ މަގާމުތަކެއްގައި ތިއްބެވި ބޭފުޅުންގެ ފޮޓޯ ދަނޑިކޮށި ޖަގަހައިގެ ބޭރުގައި ތަތްކޮށްފައި ވަނިކޮށެވެ.

އެމްޑީޕީގެ ހަރުގެތަކަށާއި ޖަގަހަތަކަށް ކަޅުތެޔޮ ޖެހި މައްސަލަތަކެއް މީގެ ކުރިންވެސް ފުލުހަށް ހުށަހަޅައިފައިވެއެވެ.