ރޯދަ މަސް ފެށުމާ ދިމާކޮށް ދިރާގުން "ރޯދަ ރެޑީގެ" ނަމުގައި ހާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ.
ދިރާގުން ކުރިއަށްގެންދާ މި އޮފާތަކަކީ ރާއްޖޭގެ އާދަކާދަތަކާއި ސަގާފަތް އަދި އިސްލާމީ އާދަކާދަތަކާ ގުޅުވައިގެން ރޯދަ މަހަށް ތައްޔާރުވުމަށް އެ ކުންފުނީގެ ކަސްޓަމަރުންނަށް ކުރިއަށްގެންދާ އޮފާއެކެވެ.
މި އޮފާގައި ހަތަރު މީހަކަށް އުމްރާ ދަތުރަކާއި ރޯދައަށް ހާއްސަކޮށް ވިޔަފާރި ކުުރުމަށް ހާއްސަ ޝޮޕިން ސްޕްރީއެއްވެސް ހިމެނިގެންދެއެވެ.
ދިރާގުން މިއަދު ބުނީ ނަސީބުވެރި ހަތަރު ކަސްޓަމަރަކަށް ޖުލައި 22 އިން އޮގަސްޓް 6 އާ ދެމެދު އުމްރާ ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އެ ފުރުސަތު ހުޅުވާލެވިފައިވަނީ ދިރާގު "ލިމިޓެއް ނެތް 30M" އިން ފެށިގެން މަތީގެ ޕެކޭޖުތަކަށް ސަބްސްކްރައިބު ކޮށްފައިވާ ކަސްޓަމަރުންނަށް ކަމަށެވެ.
ރޯދައަށް ތައްޔާރުވުމަށް ބޭނުންވާ ވިޔަފާރިކުރުމަށް ދޭ ހާއްސަ ޝޮޕިން ސްޕްރީގެ ދަށުން ރާއްޖޭގެ ބޮޑެތި ވިޔަފާރި ކުންފުނިތަކާއި ސުޕަމާކެޓުތަކުން ވިޔަފާރި ކުރުމުގެ ފުރުސަތު ލިބިގެންދާނެ ކަމަށާއި އެއް މިނެޓު ތެރޭ 4،000 ރުފިޔާގެ މުދާ ގަތުމަށް ލިބޭ މި ފުރުސަތު އަންނަ މަހުގެ ތެރޭ ނަސީބުވެރި ދިހަ ކަސްޓަމަރަކަށް ލިބޭނެ ކަމަށް ދިރާގުން ބުންޏެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވެވޭނީ އަންނަ މަހުގެ 25 ގެ ކުރިން ދިރާގުގެ ޕްރީޕެއިޑް، ޕޯސްޓުޕެއިޑު ނުވަތަ ފައިބާ ބްރޯޑްބޭންޑު ބޭނުންކުރާ ކަސްޓަމަރުންނަށެވެ.