އެމްޓީސީސީ "ކަށަވަރު ޕްރޮމޯޝަން 2024" ގެ ނަސީބުވެރިޔާ ހޮވައިފިއެވެ.
"ކަށަވަރު ޕްރޮމޯޝަން 2024" ކުރިއަށް ގެންގޮސްފައިވަނީ މިދިޔަ ނޮވެމްބަރު މަހުގެ އެއްވަނަ ދުވަހުން ޑިސެމްބަރު މަހުގެ ނިޔަލަށެވެ.
އެމްޓީސީސީ ޝޯރޫމްގައި މިއަދު ބޭއްވީ ރަސްމިއްޔާތުގައި ކަށަވަރު ޕްރޮމޯޝަންގެ ނަސީބުވެރިޔާ ވަނީ ހޮވައިފައެވެ. ނަސީބުވެރިޔަކަށް ހޮވުނު ފަރާތުގެ ނަން އިއުލާނުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ޑީސީޕީ އަހުމަދު ސައުދީއެވެ.
ޕްރޮމޯޝަންގެ ނަސީބުވެރި ފަރާތަކަށް ހޮވުނީ، ނަމްބަރު (TD-KP2024-1884)، އެންޓްރެކް ހޯލްޑިންއެވެ. ނަސީބުވެރި ފަރާތަށް އިނާމެއްގެ ގޮތުގައި ދީފައިވަނީ 60 ހޯސްޕަވަރުގެ ސުޒުކީ އައުޓްބޯޑު އިންޖީނެކެވެ.
އަހަރަކު އެއްފަހަރު ބާއްވަމުން އަންނަ އެ ޕްރޮމޯޝަނުގެ މަގުސަދަކީ އޮޑިވެރިންނާއި މަސްވެރިންނާއި ޓުއަރިޒަމް އަދި ޓްރާންސްޕޯޓު ސިނާއަތުގައި ހަރަކާތްތެރިވާ އެމްޓީސީސީގެ ކަސްޓަމަރުންނަށް ޑިސްކައުންޓަކާއެކު އެމްޓިސީސީ ކަށަވަރު ފިހާރައިން ވިއްކާ މުދާ ލިބޭނެ މަގު ފަހިކޮށްދިނުމެވެ.
އެ ޕްރޮމޯޝަންގެ ދަށުން ޑިސްކައުންޓް ދިން ޕްރޮޑަކްޓްތަކަކީ ސުޒުކީ އިންޖީނާއި އޭގެ ސްޕެއާ ޕާޓްސް އާއި ކާސްޓްރޯލް އަޑީތެލާއި ސްކޮޓްބޭޑާ ފައިބަރު ސާމާނާއި ޕީޕީޖީ މެރިން ކޯޓިން އާއި މަރޯލް ހުންގާނު ސިސްޓަމް އާއި އިންޑަސްޓްރިއަލް ގޭހާއި އޮޑިދޯނި ފަހަރަށް ބޭނުންވާ އެހެނިހެން ސާމާނެވެ.
އެމްޓީސީސީން ވަނީ ކަށަވަރު ޕްރޮމޯޝަން މާލެ ސަރަހައްދުގެ އިތުރުން އަތޮޅުގެ އެކި ރަށްތަކުގައިވެސް ކުރިއަށް ގެންގޮސްފައެވެ.
އެމްޓީސީސީން ބުނީ އެ ކުންފުނީގެ އަމާޒަކީ އަބަދުވެސް ކަސްޓަމަރުންނަށް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދިނުން ކަމަށެވެ. ކޮންމެ އަހަރަކުވެސް އެކިއެކި ޕްރޮޑަކްޓުތަކުގެ ޕްރޮމޯޝަންތައް ބޭއްވުމާއި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި އެ ކުންފުނީގެ ކަސްޓަމަރުންނަށް މައުލޫމާތު ފޯރުކޮށްދިނުމާއި އިންޖީނުގެތައް ރަނގަޅަށް ބެލެހެއްޓުމާއި ޓެކްނިކަލް ކަންކަމަށް އަހުލުވެރިކުރުވުމުގެ ހަރަކާތްތައް ހިންގުމަކީ އެ ކުންފުނިން އަބަދުވެސް ކަސްޓަމަރުންނަށް އިސްކަންދީގެން ހިންގަމުން އަންނަ ހަރަކާތެއް ކަމަށް އެ ކުންފުނިން ބުންޏެވެ.