ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން މާސްޓާކާޑް ކަސްޓަމަރުންނަށް ކޮލޮމްބޯ ފެޝަން ވީކުގައި ބައިވެރިވުމުގެ ފުރުސަތު ލިބޭ ޕްރޮމޯޝަނެއް ފަށައިފިއެވެ.
ކޮލޮމްބޯ ފެޝަން ވީކް ބޭއްވުމަށް ހަމަޖެހިފައިވަނީ 19 އިން 22 ފެބްރުއަރީއަށެވެ. ޕްރޮމޯޝަންގައި ބައިވެެރިވެވޭނީ 2 ފެބްރުއަރީ 2025 ނިޔަލަށެވެ.
ބީއެމްއެލް އިން ބުނީ، އެ ޕްރޮމޯޝަންގައި ބައިވެރިވެވޭނީ އެ ބޭނުންކުން ދޫކޮށްފައިވާ މާސްޓާކާޑް ޑެބިޓް ނުވަތަ ކްރެޑިޓް ކާޑު ބޭނުންކޮށްގެން ކަމަށެވެ. އެގޮތުން ޕްރޮމޯޝަނުން ހޮވޭ ނަސީބުވެރި އަކާއެކު އިތުރު މީހަކަށް ބިޒްނަސް ކްލާސް ދެކޮޅު ޓިކެޓާއި ފަސް ތަރީގެ ހޮޓަލެއްގައި ހުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ.
އޭގެ އިތުރުން ކަލިނަރީ އެކްސްޕީރިއެންސް ކުރުމުގެ ފުރުސަތުގެ އިތުރުން ވީވީއައިޕީ ސީޓިންވެސް ލިބިގެންދާނެ ކަމަށް ބީއެމްއެލް އިން ބުންޏެވެ.