ޚަބަރު

ސިވިލް ސާވިސްގެ ވަޒީފާގެ އޮނިގަނޑު ތައްޔާރުކޮށްދޭނެ މީހަކު ހޯދަނީ

މަރިޔަމް ޝަހުދާ

ސިވިލް ސާވިސްގެ ވަޒީފާގެ އޮނިގަނޑު ތައްޔާރުކޮށްދޭނެ ފަރާތެއް ހޯދުމަށް އެ ކޮމިޝަނުން އިއުލާނުކޮށްފިއެވެ.

ވަޒީފާގެ އޮނިގަނޑު ތައްޔާރުކޮށްދޭނެ ކޮންސަލްޓަންޓެއް ހޯދުމަށް އެކޮމިޝަނުން އިއުލާނުކޮށްފައިވަނީ އިއްޔެގެ ވަގުތެއްގައެވެ. އެގޮތުން މި މަސައްކަތައް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ޖޫންމަހުގެ 10 ވަނަ ދުވަހުގެ 13:00ގެ ކުރިން ވަޒީފާއަށް އެދޭ ސިޓީ އާއި އެހެނިހެން ލިޔެކިޔުން ކޮމިޝަނަށް ހުށަހެޅުމަށް އެ ކޮމިޝަނުން އެދިފައި ވެއެވެ.

މި މަސައްކަތަކީ އެއް އަހަރު ދުވަހުގެ ކޮންޓްރެކްޓް އުސޫލުގެ ދަށުން ކުރަން ޖެހިފައިވާ މަސައްކަތެކެވެ. އަދި މި މަގާމާއި ބެހޭ އިތުރު މައުލޫމާތު އިއުލާނާއެކު އެ ކޮމިޝަންގެ ވެބްސައިޓުގައި އާންމު ކޮށްފައިވާނެ ކަމަށް އެ ކޮމިޝަނުން ބުނެއެވެ.