އޯގަނައިޒޭޝަން އޮސް އިސްލާމިކް ކޯޕަރޭޝަން (އޯއައިސީ) ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލް ޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މާދަމާ ފުރާވަޑައިގަންނަވާނެއެވެ.
އޯއައިސީގެ 14 ވަނަ ސަމިޓު ކުރިއަށް ދިއުމަށް ހަމަޖެހިފައިވަނީ ސައުދީ އަރަބިއްޔާގައެވެ.
''ވަން އޮންލައިން''އަށް މައުލޫމާތު ދެއްވަމުން ރައީސް ސޯލިހުގެ ސްޕޯކްސްޕާސަން އިބްރާހީމް ހޫދު ވިދާޅުވީ މި ދަތުރުފުޅުގައި ސައުދީގެ އިސް ބޭފުޅުންގެ އިތުރުން މެދު އިރުމަތީގެ އިސް ބޭބޭފުޅުންނާ ރައީސް ބައްދަލު ކުރައްވާނެކަމަށެވެ. އަދި އޯއައިސީ ސަމިޓުގައި ރައީސް ތަގުރީރު ކުރައްވަން ހަމަޖެހިފައިވާ ކަމަށްވެސް ހޫދް ވިދާޅުވިއެވެ.
މި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ރައީސް އެނބުރި ރާއްޖެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އަންނަ ޖޫންމަހުގެ 3 ވަނަ ދުވަހުއެވެ.