ރޯދަމަސް ނިމުމަކާ ކައިރިވެފައިވާއިރު މާރުކޭޓުގައި ކުރުނބާ ތިޔާގިވެފައިވާކަން ފާހަގަ ކޮށްލެވެއެވެ.
ރޯދަމަސް ފެށުނު އިރާ އަޅާބަލާއިރު ކުރުނބާ ގެ އަގު 25ރ އިން 15ރ އާއި 20 އަށް ތިރިވެފައިވާއިރު 1.5ލ. ގެ ފުޅިއެއް 100ރ އަށް ލިބެން ހުރިކަން ފާހަގަ ކޮށްލެވެއެވެ. ކުރުނބާގެ އިތުރުން ގަބުޅި އަދި ކާށިވެސް އަގުހެޔޮވެފައިވާކަން ފާހަގަ ކޮށްލެވެއެވެ. މިއަދު ބާޒާރުގައި ގަބުޅިއެއް 15ރ އަށް ލިބެން ހުރި އިރު ކާއްޓެއް 04ރ އާއި 10ރ އާ ދެމެދުގައެވެ.
ފަތްޕިލާވެލީގެ ބާވަތްތަކަށް ބަލާއިރު ކުއްޅަފިލާފަތާއި ކޮޕީފަތް ބޮނޑިއެއް 10ރ އަށް ލިބެންހުރި އިރު ކަންކުން ފަތް ބޮނޑިއެއް ލިބެން ހުރީ 5ރ އަށް ބޮނޑިއެކެވެ. މާރުކޭޓުގައި ކަންކުންފަތް ތިޔާގިކަން ފާހަގަ ކޮށްލެވެއެވެ. ނަމަވެސް ކޮޕީފަތާއި ކުއްޅަފިލާފަތް ވަރަށް މަދެވެ. ފަތުގެ ބާވަތްތަކުން އަގުބޮޑުވި ލެޓިއުސް މިއަދު ލިބެން ހުރީ 60ރ އަށް ކިލޯގެ ރޭޓުންނެވެ. ލެޓިއުސް މިދިޔަ ހަފްތާގައި 45ރ އަށް ކިލޯ ލިބުނުކަން ފާހަގަކޮށްލެެއެވެ.
މި ރޯދަމަސް ފެށުނު އިރު އަގު ބޮޑު ވީނަމަވެސް މިހާރު ކަރާ ކިލޯއެއް ލިބެން ހުރީ 20ރ އަށެވެ. ރޯދަމަހުގެ މެދު ދިހައެއްގައިވެސް 20ރ އަށް ކަރާ ކިލޯއެއް ލިބެން ހުރިއިރު ރޯދަ ނިމޭއިރުވެސް އަގަށް ބަދަލެއް ނާންނާނެކަމަށް ވިޔަފާރިވެރިން ބުނެއެވެ.
1. ކަރާ 20ރ ކިލޯ
2. ލެޓިޔުސް 60ރ ކިލޯ
3. ބޭރު ތޮޅިމިރުސް 60ރ. ކިލޯ
4. ދިވެހި ގިތެޔޮ މިރުސް 600ރ ، 500ރ ކިލޯ
5. ކެރެޓް 20ރ ކިލޯ
6. ކިޔުކަމްބާ 35ރ ކިލޯ
7. ލުނބޯ 35ރ ކިލޯ
8. ކާއްޓެއް 04ރ އާއި 10ރ އާ ދެމެދު
9. ގަބުޅި 15ރ
10. ކުރުނބާ 15ރ
11. ފާގަ 70ރ ކިލޯ
12. ބީންސް 60ރ ކިލޯ
13. ޓޮމާޓޯ 50ރ ކިލޯ
14. ކޮޕީ ފަތް 10ރ ބޮނޑިއެއް
15. ކަންކުން ފަތް 5ރ ބޮނޑިއެއް
16. ކުއްޅަފިލާ ފަތް 10ރ ބޮނޑިއެއް
17. ކެޕްސިކަމް 70ރ ކިލޯ
18. ކެބެޖް 35ރ ކިލޯ
19. ޔޫގެންޑާ މިރުސް 150ރ ކިލޯ
20. ދިވެހި އަނބު 100ރ ބައެއް
21. ބޭރު އަނބު 65ރ ކިލޯ
22. ދޮންކެޔޮ 2ރ، 5ރ
މަސް:
1. ގޮދާ 35ރ ކިލޯ
2. ކަންނެލި 40ރ ކިލޯ
3. ބޮޑު ކަންނެލި 45ރ ކިލޯ
4. ރިއްމަސް 20ރ އަށް 5 މަސް
5. މުށިމަސް 20ރ އަށް 5 މަސް
6. މާނިޔާމަހެއް 40ރ، 50ރ
7. ދޮން ނޫމަސް 20ރ އަށް 4 މަސް
8. ރެހި 20ރ ޖޯޑެއް