އދ. ރިސޯޓެއްގެ ކައިރީ އޮތް ސަފާރީއަކުން މޫދަށް ވެއްޓުނު މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ފުލުހުންނާއި ސިފައިން ފަށައިފިއެވެ.
އެމްއެންޑީއެފުން މިއަދު ބުނީ މިރިހި އައިލެންޑް ރިސޯޓް ކައިރީގައި އޮތް "ނޯތު 7" ސަފާރީއިން ރޭ ކަނޑަށް ވެއްޓުނު ދިވެއްސަކު ގެއްލިފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި ގެއްލިފައިވަނީ އަލީ އަރުޝަދު، 35، ސީވީޑް، ނ. ހޮޅުދޫ، އެވެ.
ފުލުހުން ބުނީ ފުލުހުން ބުނީ ސަފާރީންގެ ސީސީޓީވީ ފުޓޭޖުތައް ބެލިއިރު އަރުޝަދު ސަފާރީގެ ޑެކް މަތީ ހުއްޓައި މޫދަށް ވެއްޓޭ މަންޒަރު ފެންނަ ކަމަށެވެ. އަދި މޫދަށް ވެއްޓެން ދިޔައިރު އޭނާގެ ބޯ ބޯޓުގެ އަރިމަތީ ޖެހިފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.
އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފުން އަންނަނީ ކުރަމުންނެވެ.