ރޯދަ މަހަށް ހާއްސަކޮށްގެން އެސްޓީއޯ އިން ކޮންމެ އަހަރަކުވެސް ބާއްވާ "ރަމަޒާން ބާޒާރު" ޕްރޮމޯޝަންގެ މި އަހަރުގެ ޕްރޮމޯޝަން މިރޭ ފަށައިފިއެވެ.
މިއަދުން ފެށިގެން 31 މާރިޗު 2025 ގެ ނިޔަލަށް ކުރިއަށް ގެންދާ މި އަހަރުގެ ބާޒާރުގައިވެސް، އަހަރުތަކެކޭވެސް އެއްގޮތަށް ބޮޑެތި ޑިސްކައުންޓްތަކެއް އެސްޓީއޯ ޕީޕަލްސް ޗޮއިސް އަދި އެސްޓީއޯ އަތޮޅުތެރޭގެ ޕީޕަލްސް ޗޮއިސްގެ ފިހާރަތަކުން ކަސްޓަމަރުންނަށް ލިބޭނެއެވެ.
އެގޮތުން މި އަހަރުގެ ރަމަޒާން ބާޒާރުގައި 50 ޕަސެންޓާ ހަމައަށް ހޯމް އެޕްލަޔަންސް އައިޓަމްތަކުން ޑިސްކައުންޓް ލިބިގެންދާނެވެ.
އޭގެ އިތުރުން 500 ރުފިޔާ އިން މަތިންކުރާ ކޮންމެ ވިޔަފާރިއަކަށް ކޫޕަންއެއް ލިބިގެންދާނެއެވެ. އަދި ކޮންމެ ހަފުތާއަކު ނަސީބުވެރި ފަރާތަކަށް ހަދިޔާއެއްގެ ގޮތުން ގިފްޓް ހެމްޕާ އެއް ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ. ރަމަޒާން ބާޒާރު 2025ގެ ގްރޭންޑް ޕްރައިޒެއްގެ ގޮތުގައި ދޭން ނިންމާފައިވަނީ އެއް ފަރާތަކަށް 100،000 ރުފިޔާގެ ފައިސާގެ އިނާމެކެވެ.