މާލޭގައި މަރުވި މީހެއްގެ ޕޯސްޓްމޯޓަމް ހެދުމަށް ފުލުހުން ނިންމައިފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ މީހަކު މަރުވެގެން އައިޖީއެމްއެޗްއަށް ގެންގޮސްފައިވާކަމުގެ މައުލޫމާތު މިއަދު ހެނދުނު 9:53 ހާއިރު ލިބިފައިވާ ކަމަށެވެ.
މަރުވެފައިވަނީ މ. ތަރިވިލާގެ، ހުސައިން އަހުމަދު (41އ) އެވެ. އޭނާގެ ޕޯސްޓްމޯޓަމް ހެދުމަށް ހަމަޖެހިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގުކުރަމުންނެވެ.