ޚަބަރު

ވައިގަދަވުމުގެ ސަބަބުން މާފަންނު ގެއަކުން ދޮރެއް މަގުމައްޗަށް ވެއްޓިއްޖެ

މަރިޔަމް ޝަހުދާ

ވައިގަދަވުމުގެ ސަބަބުން މާފަންނު ގެއަކުން ދޮރެއް މަގުމައްޗަށް ވެއްޓިއްޖެ އެވެ.

މިރޭ 7:45 ހާއިރު ފުލުހުންނަށް މިހާދިސާ ރިޕޯޓުކޮށްފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ. ވައިގަދަވުމުގެ ސަބަބުން މަގުމައްޗައް ދޮރެއް ވެއްޓިފައިވަނީ މާފަންނުގެ ގެއެއްގެ ހަތަރު ވަނަ ފަންގިފިލާއިން ކަމަށް ފުލުހުން ހާމަކުރެއެވެ. ވެއްޓިފައިވަނީ އެލްމިނިއަމް ދޮރެކެވެ.

މި ހާދިސާގައި އެއްވެސް މީހަކަށް އަދި އެއްވެސް އެއްޗަކަށް ގެއްލުމެއް ލިބިފައިނުވާ ކަމަށް ފުލުހުން ބުނެއެވެ. ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.