ޑިފެންސް މިނިސްޓަރު މުހައްމަދު ގައްސާން މައުމޫން އަންނަ ހަފުތާގައި އިންޑިއާއަށް ޒިޔާރަތްކުރުމަށް ހަމަޖެހިއްޖެއެވެ.
އިންޑިއާގެ ވިއޯން ނޫހުގައި ރިޕޯޓްކޮށްފައިވަނީ ގޮތުގައި ޑިފެންސް މިނިސްޓަރު ގައްސާން އިންޑިއާއަށް ޒިޔާރަތްކުރައްވާނީ މި މަހުގެ ހަތް ވަނަ ދުވަހުން ފެށިގެން އަށް ވަނަ ދުވަހަށް ކަމަށެވެ.
ވިއޯން ނޫހުން ބުނި ގޮތުގައި މިނިސްޓަރުގެ އެ ދަތުރުފުޅުގައި ދެ ގައުމުގެ މެދުގައި ސަލާމަތީ ކަންކަމާ ގުޅޭގޮތުން މަޝްވަރާތައް ކުރިއަށްދާނެއެވެ.
މިއީ ޑިފެންސް މިނިސްޓަރު ކަމާ ހަވާލުވެވަޑައިގެން ފަހުން މިނިސްޓަރު ގައްސާން އިންޑިއާއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.
ގައްސާން އިންޑިއާއަށް ވަޑައިގަންނަވާ އިރު، ފޮރިން މިނިސްޓަރު ޑރ. އަބުދުﷲ ހަލީލް ވަނީ މިދިޔަ ހަފުތާގައި އިންޑިއާއަށް ވަޑައިގެންފައެވެ. އަދި ހަލީލް އިންޑިއާއަށް ކުރެއްވި ތިން ދުވަހުގެ ރަސްމީ ދަތުރުފުޅުގައި ވަނީ އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ޑރ. ސުބްރަމާނިއަމް ޖައިޝަންކަރާ ބައްދަލުކުރައްވައިފައެވެ. އަދި ވަނީ ރާއްޖޭގައި ހައި އިމްޕެޓް ކޮމިއުނިޓީ ޑިވޮލޮޕްމެންޓް ޕްރޮޖެކްޓްސް (އެޗްއައިސީޑީޕީ)ގެ ދެވަނަ ފިޔަވަހި ތަންފީޒުކުރުމަށް އިންޑިއާއާ އެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެންވުމާ ގުޅިގެން ރާއްޖެ އާއި އިންޑިއާގެ ގުޅުން ވަރަށް ބޮޑަށް ހީނަރުވެގެން ދިޔަ ނަމަވެސް މިހާރު އެ ގުޅުން ވަނީ އަލުން އިޔާދަވެފައެވެ.