މޫސުމް

ފަންޕުޖައްސައިގެން ތ. އޮމަދޫގެ މަގުތަކުން ފެންހިއްކަނީ

އަލީ އިހްސާން

ފަންޕު ޖައްސައިގެން ތ. އޮމަދޫގެ މަގުތަކުގައި ފެން ހިއްކަން ފަށައިފިއެވެ.

އެމްއެންޑީއެފުން ބުނީ ތ. އޮމަދުއަށް ބޯކަށް ވާރޭވެހި ފެންބޮޑުވެގެން އެމްއެންޑީއެފް ސެންޓްރަލް އޭރިޔާ ކުޑަހުވަދޫ ޕޯސްޓްގެ ސިފައިން ހަރަކާތްތެރިވާން ފަށާފައިވާކަމަށެވެ.

އޮމަދޫ ކައުންސިލްގެ ރައީސް ހާރޫން މުހައްމަދު "ވަންއޮންލައިން" އަށް ވިދާޅުވީ، ރޭފަތިހުއްސުރެ ވެހެމުންދިޔަ ވާރޭގެ ސަބަބުން ރަށުގައި ފެންބޮޑުވެ، އަށް ވަރަކަށް ގެއަށް ފެންވެދެފައިވާ ކަމަށެވެ. އެގެތަކަށް ފެންވަދެ ގޭގައި ގެންގުޅޭ އެނދު އަލަމާރިފަދަ ބައެއް ތަކެއްޗަށް ގެއްލުންވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާއްޖޭގެ ދެކުނު ސަރަހައްދުތަކަށް މޫސް ގޯސް ވާނެ ކަމަށް މޫސުމާ ބެހޭ އިދާރާއިން ވެސް ވަނީ ލަފާކޮށްފަ އެވެ.