ލައިފް ސްޓައިލް

ރީތި ހަމަކާއި އިސްތަށިގަނޑެއް ބޭނުންނަމަ މިއަހަރު ކުރެވިދާނެ ހަތަރު ކަމެއް

ޑރ. އާމިނާ އާދިލް، ކޮންސަލްޓަންޓް ޑަރމަޓޮލޮޖިސްޓް އަދި ހަމާއި އިސްތަށިފޭބުމުގެ މައްސަލަތަކާ ބެހޭ ސްޕެޝަލިސްޓް، އަންނަނީ އިންސްޓަގްރާމްގައި ހަމާއި އިސްތަށީގެ ފަރުވާއާ ގުޅޭ ޓިޕްސްތައް ހިމެނޭ ވީޑިއޯތައް އާންމުކޮށް ހިއްސާކުރަމުންނެވެ.

ޔޫކޭގައި މަސައްކަތްކުރާ މި ޑޮކްޓަރު، ދާދި ފަހުން ހިއްސާކުރި އިންސްޓަގްރާމް ރީލެއްގައި ވަނީ 2025 ވަނަ އަހަރަށް ތައްޔާރުވުމުގެ ގޮތުން ހަމާއި އިސްތަށީގެ ފަރުވާއާ ގުޅޭ ހާއްސަ ބައެއް ޓިޕްސްތައް ހިއްސާކޮށްފައެވެ.

"ޑަރމަޓޮލޮޖިސްޓެއްގެ ހައިސިއްޔަތުން 2025 އަށް އަހަރެން ގެންދާނެ، އެއްވެސް ހާލެއްގައި ދޫކޮށްނުލެވޭނެ ކަންތައްތައް" ޕޯސްޓުގެ ކެޕްޝަނުގައި ޑރ. އާމިނާ ލިޔެފައިވެއެވެ.

ތުންފަތް ހިކޭނަމަ އޭގެ ހައްލު

ހިކި އަދި ފަޅައިގެން ގޮސްފައިވާ ތުންފަތަށް، ޑރ. އާމިނާގެ ލަފަޔަކީ ގްލައިކޮލިކް އެސިޑް، ހަޔަލޫރޮނިކް އެސިޑް، އަދި ބޯ މޮއިސްޗަރައިޒަރެއް އެއްކޮށްލައިގެން ހަފުތާއަކު އެކެއް ނުވަތަ ދެ ފަހަރު ބޭނުންކުރުމެވެ. މަޑުމަޑުން އަދި ފުރާފުރިހަމަ ތުންފަތެއް ހޯދުމަށްޓަކައި، ތުންފަތުގައި ކުޑަކޮށް ގްލައިކޮލިކް އެސިޑުން ހޭކުމަށް އޭނާ އިރުޝާދު ދީފައިވެއެވެ. އެއަށްފަހު ފަހުން ހަޔަލޫރޮނިކް އެސިޑްގެ ދެތިން ތިކި އަޅައިލާށެވެ. އެންމެ ފަހުން ބޯ މޮއިސްޗަރައިޒަރެއް ތުންފަތުގައި ހާކާށެވެ.

ރޭގަނޑު އެޅުމަށް ހާއްސަ ކޮލެޖެން މާސް

ތެތްކޮށް އަދި ދިރުންހުރި ހަމެއް ހޯދުމަށްޓަކައި، ޑރ. އާމިނާ ލަފާދެނީ ރޭގަނޑު އެޅުމަށް ހާއްސަ ކޮލެޖެން މާސްކް ހަމުގެ ފަރުވާގެ އާދަތަކުގެ ތެރެއަށް އިތުރުކުރުމަށެވެ.

ބްލޯ ޑްރައިކުރުން >> ވައިން ހިއްކުން

ޑަރމަޓޮލޮޖިސްޓްގެ ބަހުން، އިސްތަށި ވައިގައި ހިއްކުމަށްވުރެ ބްލޯ ޑްރައިކުރުން މާ ރަނގަޅެވެ. އޭނާ ބުނީ އިސްތަށި ބްލޯ ޑްރައިކުރުމުން ތެޔޮކަން ކުޑަވެ، ބޮލުގައި ހަންފޮޅުން މަދުވެ، އަދި އިސްތަށި ފޮޅުން ކުޑަވާނެއެވެ.

ރޭގަނޑު ފްރޮސްޓިން ނުވަތަ ބެރިއާ ކްރީމް ހޭކުން

ހެނދުނު ހޭލާއިރު ހަމުގައި ފިނިކަމާއި ތެތްކަން ހުންނަ ކަހަލަ ލުކްއެއް ހޯދުމަށްޓަކައި، ޑރ. އާމިނާ ލަފާދެނީ ރޭގަނޑު ނިދަން އޮށޯންނައިރު ހަމުގައި ތެތްކަން ދެމެހެއްޓުމަށް އެހީވާ މޮއިސްޗަރައިޒަރެއް ނުވަތަ ހަމުގެ ބޭރު ފަށަލަ ރަނގަޅުކުރާ ކްރީމެއް ފްރޮސްޓިން (ފަށަލަ ފަށަލައަށް އެޅުން) ރަނގަޅު ކަމަށެވެ. އަދި އެކަން އާދަކުރުމަކީ މުހިންމުކަމެއް ކަމަށެވެ.