މޫސުމް

ކ. އަތޮޅާއި އައްޑޫ ސިޓީއާ ދެމެދުގެ ރަށްތަކަށް ބޯކޮށް ވާރޭވެހޭނެ

މުހައްމަދު އައުޒަމް

ކ އަތޮޅާއި އައްޑޫ ސިޓީ އާއިދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހުން އެކަށީގެން ވާތީ މޫސުމާއިބެހޭ ގައުމީ އިދާރާއިން އެލާޓް ނެރެފިއެވެ.

މިއަދު ހަވީރު 15:00 އިން މިރޭ 21:00 އާދެމެދުގެ މުއްދަތަކަށް ނެރެފައިވާ ވައިޓް އެލާޓްގައި މެޓުން ބުނެފައިވަނީ ކ. އަތޮޅާއި އައްޑޫ ސިޓީ އާއިދެމެދުގެ ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 40 މޭލަށް ވައި ޖެހޭނެކަމަށްވެސް ބުނެފައިވެއެވެ.

މެޓް އޮފީހުން ބުނީ ހުޅަނގު ދެކުނާއި ހުޅަނގުން ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 7 މޭލާއި 17 މޭލާ ދެމެދުގެ ބާރު މިނުގައި ވައި ޖެހޭނެ ކަމަށާއި އެހެން ހިސާބުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެކަމަށް ލަފާކުރެވޭކަމަށެވެ.

މޫސުން ގޯސްވެ ދެކުނުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެކަމަށް މެޓުން ބުނެއެވެ. އަދި އެހެން ހިސާބުތަކުގެ ކަނޑުތައް އާންމު ގޮތެއްގައި ގަދަވާނެ ކަމަށް ވަނީ ބުނެފައެވެ.

މޫސުން ގޯސްވެ ގަދަޔަށް ވައިޖެހޭނެކަމަށް ލަފާކުރެވޭތީ އެންމެހާ ފަރާތްތަކުން މޫސުމަށް ސަމާލުވުމަށް މޫސުމާއިބެހޭ ގައުމީ އިދާރާއިން އިލްތިމާސް ކޮށްފައިވެއެވެ.