ކުޑަކުދިންގެ ހިޔާގެ ކުދިންނަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާއި އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ރޯދަވީއްލުމެއް ދެއްވައިފިއެވެ.
ރައީސުލް ޖުމްހޫރިއްގެ އޮފީހުން މައުލޫމާތު ދޭ ގޮތުގައި، މި ރޯދަވީއްލުން ބާއްވަވާފައި ވަނީ އިއްޔެ އިރުއޮއްސުނު އިރު މުލީއާގެގައެވެ.
މި ރޯދަވީއްލުމަކީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ އިސްނެންގެވުމުގެ މަތިން ބޭއްވެވި ރޯދަވީއްލުމެކެވެ.