2024 ގައި ފެނިގެން ދިޔައީ ސަމާލުކަން ހޯދި ބޮޑެތި ފެޝަން މޫސުންތަކެކެވެ. ސޯނަމް ކަޕޫރުގެ ހިތްވަރުގަދަ ގައުނުގެ މަންޒަރުން ފެށިގެން، ކިއާރާ އަދްވާނީގެ އުފާވެރި މޫސުމުގެ ހެދުން އޭނާގެ އަމިއްލަ ފެޝަން ރަންވޭއަކަށް ބަދަލުކުރުމާ ހަމައަށް، 2024 ވަނަ އަހަރަކީ ހަގީގަތުގައިވެސް އުފެއްދުންތެރިކަމުގެ އަހަރެކެވެ. މި އަހަރު ތަމްސީލުކުރި އަންހެން ތަރިން ވަނީ އެހެން މީހުންނާ ތަފާތުވުމަށް އެމީހުންނަށް ވީ އެންމެ ރަނގަޅަކަށް މަސައްކަތްކޮށްފައެވެ.
ޕިންކްވިލާއިން ވަނީ ފުރިހަމަކަމާއެކު ފަރުމާކުރެވިފައިވާ އެންމެ ރަނގަޅު 7 ހެދުމުގެ ލިސްޓެއް އެކުލަވައިލައިފައެވެ. އެ ހެދުންތަކަކީ ހަގީގީ މާސްޓާޕީސްތަކެކެވެ. އެ ހެދުންތަކުން ސާބިތުވަނީ ފެޝަން ޑިޒައިނަރުންގެ އުފެއްދުންތެރިކަމަކީ ނަމޫނާއެއް ކަމެވެ.
އެންމެ ރަނގަޅު ހުރިހާ ލުކްތަކުގެ ތެރެއިން، ޕިންކްވިލާއިން ބޭނުންވީ ފޭނުންގެ ފޭވަރިޓަކީ ކާކުކަން އެނގޭންށެވެ. އެހެންކަމުން، މީގެ ދުވަސްކޮޅެއް ކުރިން، އެކަމަށް ވޯޓަކަށް ވެސް ހުޅުވާލިއެވެ. އެންމެ ފަހުގެ ނަތީޖާ ވަނީ އާންމުކޮށްފައެވެ.
އެގޮތުން ސޯނަމް ކަޕޫރު ވަނީ ފޭނުންގެ ފުރަތަމަ ޗޮއިސްއަށް ވެފައެވެ. އެއީ އޭނާ ލީ ހިތްގައިމު ސިލުއެޓެއް ހުރި ހުދު ގައުނަކަށެވެ. ގްލެމަރަސް އެޖެއް އިތުރުކުރުމަށްޓަކައި، އޭނާ ވަނީ އެއާއެކު ދިގު މުށި ޝްރަގެއް ލައި، ކަރުގައި ހިތްގައިމު ރޯޒެޓް ޑީޓެއިލިން އެއް އޮޅާލައިފައެވެ. އޭނާގެ މުޅި ލުކަކީ ހައި-ފެޝަން ސްޓޭޓްމަންޓެއްގެ ނަމޫނާއެކެވެ.
ސޯނަމްގެ ލުކަކީ ހަމައެކަނި ސްޓައިލް ސްޓޭޓްމަންޓެއް ނޫނެވެ. އެއީ ފެޝަން އިންޑަސްޓްރީއަށް ވަރުގަދަ ނުފޫޒެއް ފޯރުވާފައިވާ މަޝްހޫރު ޑިޒައިނަރު ރޯހިތު ބަލްއަށް ކުރެވުނު ތައުރީފެކެވެ.