ޚަބަރު

ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއްގައި ތިން ފުޅި ބަނގުރަލާއެކު މީހަކު ހައްޔަރުކޮށްފި

ފުލުހުންގެ ހާއްސަ އޮޕަރޭޝަނެއްގެ ތެރެއިން ދިވެއްސަކު ތިން ފުޅި ބަނގުރަލާއެކު މިރޭ ހައްޔަރުކޮށްފިއެވެ. .

މާލޭ މަޖީދީ މަަގުގެ ދުވާރެއްގެ މައްޗަށް މީހަކު ވައްޓައިލައި، ގިނަ ބަޔަކު އޭނާ ހިފަހައްޓާ ވީޑިއޯއެއް މިރޭ ވަނީ ސޯޝަލް މީޑިއާގައި ދައުރުވެފައެވެ.

އެ ވީޑީއޯއާ ގުޅިގެން ފުލުހުން މިރޭ މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އެއީ މާލޭގައި ބަނގުރަލުގެ ވިޔަފާރި ކުރާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއް ކަމަށާއި އެ އޮޕަރޭޝަންގައި މަޖީދީ މަގުން މީހަކު ހުއްޓުވައި، އޭނާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.

މި މައްސަލައާ ގުޅިގެން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ ގދ. ގައްދޫ، ރެޑްމާގެ، މުހައްމަދު އަޒްހަމް ސައީދު 33އ އެވެ.

ފުލުހުން ބުނީ އޭނާ ބަލައި ފާސްކުރި އިރު، އޭނާ ދުއްވި ސައިކަލުން ތިން ފުޅި ބަނގުރާ ފެނުނު ކަމަށެވެ.

ފުލުހުން އަންނަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.