މަސްތުވާތަކެއްޗާ އެކު ހައްޔަރު ކުރުމުން އެކަމުން ސަލާމަތްވާން ވެގެން އެއީ ބައްޕަގެ ތަކެތި ކަމަށް ބުނެފިއެވެ.
އެ މައްސަލައާ ގުޅިގެން ހައްޔަރުކުރީ މުހައްމަދު ރިޝްވާން ނައީމް، 23، އެވެ.
ރިޝްވާން ނައީމްގެ އަތުން ފުލުހުންނަށް ފެނުނު މަސްތުވާތަކެއްޗަކީ އޭނާގެ ބައްޕަގެ ތަކެތި ކަމަށް އޭނާ ބުންޏަސް ބައްޕަ ވަނީ އެކަން ދޮގުކޮށްފައެވެ.
ކުރިމިނަލް ކޯޓުން ވަނީ ރިޝްވާން ނައީމުގެ ބަންދަށް 30 ދުވަސް ޖަހައިދީފައެވެ.
ފުލުހުން މި މައްސަލައާ ގުޅިގެން ބުނެފައިވަނީ ރިޝްވާންގެ ނައީމްގެ އަތުން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއި މަސްތުވާތަކެތި ބަންދު ކުރުމަށް ބޭނުންކުރާ ތަކެތި ފެނިފައިވާ ކަމަށެވެ.
ނަމަވެސް އެއީ ކިހާ އަދަދެއްގެ މަސްތުވާތަކެތި ކަމެއް ފުލުހުން ނުބުނެއެވެ.