ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް އެތެރެވި ބޭރުގެ މަސްބޯޓުގައި ތިބި މީހުން ފުލުހުންނާ ހަވާލުކޮށްފިއެވެ.
އެމްއެންޑީއެފްއިން މިއަދު މީޑިޔާތަކަށް ބުނީ، އެ މަސްބޯޓަކީ ސްރީލަންކާ އަށް ނިސްބަތްވާ އުޅަނދެއް ކަމަށާއި އެ އުޅަނދުގައި ތިން މީހުން ތިބި ކަމަށެވެ.
އެ އެންމެންނާއި އެ އުޅަނދު ވެސް މިހާރު ފުލުހުންނާ ހަވާލުކޮށްފައިވާ ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
މިދިޔަ ބުރާސްފަތި ދުވަހު އެންއެމްޑީއެފުން ހިންގި އޮޕަރޭޝަނެއްގައި އެ މަސްބޯޓު އަތުލާފައިވަނީ އެމްއެންޑީއެފް އެއާ ކޯ ޑްރޯން ގެ އެހީގައެވެ.
ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ގަވާއިދާ ހިލާފަށް ވަދެ އުޅޭ ބޭރުގެ މަސްބޯޓުތައް ދޭތެރެ ދޭތެރެއިން ފެނެއެވެ. ނަމަވެސް މިއީ ޑްރޯން ބޭނުންކޮށްގެން އެފަދަ ބޯޓެއް ހޯދި ފުރަތަމަ ފަހަރެވެ.