ރޯދަމަހުގެ ފަހުދިހައެއް އައިއިރު މަސް މާރުކޭޓުގެ އަގުތަކަށް ހެޔޮ ބަދަލުތަކެއް އަންނަން ފަށައިފިއެވެ.
މިއަދު މަސް މާރުކޭޓުގައި މަހުގެ އަގުތައް ހުރިގޮތަށް ބަލާލާއިރު، ކަނޑުމަސް ތިޔާގިވެ ކިލޯއެއް 25ރ އަށް ލިބެން ހުރިކަން ފާހަގަ ކޮށްލެވެއެވެ. މިއީ ކަނޑުމަހުގެ އަގު މިރޯދަމަހު މިހާ ހެޔޮވެގެންދިޔަ ފުރަތަމަފަހަރެވެ. ރޯދަމަސް ފެށުނުފަހުން ކަނޑުމަސް ލިބެން ހުރީ 45ރ އާއި 30ރ އާއި ދެމެދު ކިލޯ އެއްގެ ރޭޓުގައެވެ. ކަންނެލި ކިލޯއެއް މިއަދު ލިބެން ހުރީ 30ރ އަށެވެ. އަދި ބޮޑު ކަންނެލިވެސް 45ރ އަށް ކިލޯ ލިބެން ހުރިކަން ފާހަގަ ކޮށްލެވެއެވެ.
ފަރުމަހުގެ ބަވަތްތަކަށް ބަލާއިރު މަސް މާރުކޭޓުގައި ބޮޑު ރަތް މަހެއް މިއަދު ލިބެން ހުރީ 500ރ އަށެވެ. މުށިމަސް އަދި ރިއްމަސް 20ރ އަށް ލިބެން ހުރިއިރު ދޮން ނޫމަސް 20ރ އަށް 3 މަސް ލިބެއެވެ. މިއަދު މާރުކޭޓުގައި މާނިޔާ މަހެއް 40ރ އާއި 60ރ ދެމެދުގެ އަގުތަކުގައި ލިބެއެވެ.
1. ކަރާ 20ރ ކިލޯ
2. ލެޓިޔުސް 50ރ ކިލޯ
3. ބޭރު ތޮޅިމިރުސް 60ރ. ކިލޯ
4. ދިވެހި ގިތެޔޮ މިރުސް 600ރ ، 530ރ ކިލޯ
5. ކެރެޓް 20ރ ކިލޯ
6. ކިޔުކަމްބާ 30ރ ކިލޯ
7. ލުނބޯ 35ރ ކިލޯ
8. ކާއްޓެއް 05ރ އާއި 20ރ އާ ދެމެދު
9. ގަބުޅި 10ރ އާއި 30ރ އާ ދެމެދު
10. ކުރުނބާ 15ރ
11. ފާގަ 60ރ ކިލޯ
12. ބީންސް 65ރ ކިލޯ
13. ޓޮމާޓޯ 50ރ ކިލޯ
14. ކޮޕީ ފަތް 10ރ ބޮނޑިއެއް
15. ކަންކުން ފަތް 5ރ ބޮނޑިއެއް
16. ކުއްޅަފިލާ ފަތް 10ރ ބޮނޑިއެއް
17. ކެޕްސިކަމް 60ރ ކިލޯ
18. ކެބެޖް 35ރ ކިލޯ
19. ޔޫގެންޑާ މިރުސް 150ރ ކިލޯ
20. ދިވެހި އަނބު 100ރ ބައެއް
21. ބޭރު އަނބު 60ރ ކިލޯ
22. ދޮންކެޔޮ 2ރ، 7ރ
މަސް:
1. ގޮދާ 25ރ ކިލޯ
2. ކަންނެލި 30ރ ކިލޯ
3. ބޮޑު ކަންނެލި 45ރ ކިލޯ
4. ރިއްމަސް 20ރ އަށް 5 މަސް
5. މުށިމަސް 20ރ އަށް 5 މަސް
6. މާނިޔާމަހެއް 40ރ، 60ރ
7. ދޮން ނޫމަސް 20ރ އަށް 3 މަސް
8. ހަނދި 30ރ، 50ރ
9. ރަތް މަސް 500ރ