ޚަބަރު

ފުލުހުންގެ ކާރެއް ސައިކަލެއްގައި ޖެހި ހިނގި އެކްސިޑެންޓެއްގައި އަނިޔާވި ޒުވާނަކު ސީރިއަސް ހާލުގައި

1

ފުލުހުންގެ ކާރެއް ސައިކަލެއްގައި ޖެހި ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި ޒުވާނަކަށް ސީރިއަސް އަނިޔާތަކެއް ވެއްޖެއެވެ.

ހުޅުމާލޭ ފޭސް ދޭއްގައި ރޭ ދަންވަރު ޒުވާނަކު ދުއްވާފައި ދިޔަ ސައިކަލް ފުލުހުންގެ ކާރެއްގައި ޖެހިގެން ހިނގި އެ އެކްސިޑެންޓްގައި ފުލުހުންގެ ކާރަށާއި ސައިކަލަށް ވަނީ ބޮޑެތި ގެއްލުންތައް ލިބިފައެވެ.

ފުލުހުން މިއަދު ބުނީ ރޭ 1:50 ހާއިރު ހުޅުމާލެ ފޭސް ދޭއްގައި ހިނގި އެކްސިޑެންޓްގައި އަނިޔާވި 18 އަހަރުގެ ފިރިހެނަކަށް ސީރިއަސް އަނިޔާތަކެއް ލިބިފައިވާ ކަމަށެވެ. އޭނާއަށް ހުޅުމާލެ ހޮސްޕިޓަލުގައި ފަރުވާ ދެމުން އަންނަ ކަމަށާއި އޭނާގެ ހާލު ސީރިއަސް ކަމަށް ހޮސްޕިޓަލުން ބުނެފައިވެއެވެ.

އެ އެކްސިޑެންޓްގެ އިތުރު މައުލޫމާތު ހާމަނުކޮށް ފުލުހުން ބުނީ އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟