ބޮޑެތި ބޯނަސް ޑޭޓާ ތަކާއެކު 2025 ވަނަ އަހަރަށް އުރީދޫން ހާއްސަ އޮފާތަކެއް ތައާރަފުކޮށްފިއެވެ.
އުރީދޫން ބުނީ، ދިގު މުއްދަތައް ބޭނުންކުރެވޭ އާޗާ ޕްރިޕެއިޑް ޑޭޓާ ޕްލޭންތަކުން ފެށިގެން ބޮޑެތި ބޯނަސް ޑޭޓާ ހިމެނޭހެން ތައާރަފު ކުރި މި އޮފާތަކަކީ އެ ކުންފުނީގެ ކަސްޓަމަރުންނަށް މި ބޮޑު ޗުއްޓީއާއި ކުރިއަށް އޮތް އަހަރަކީ އުޖާލާ އަދި އިތުރަށް ގުޅިފައިވާ އަހަރަކަށް ހެދުމަށް ތައާރަފު ކުރި ހާއްސަ އޮފާތަކެއް ކަމަށެވެ.
ދިގު މުއްދަތަށް ބޭނުން ކުރެވޭ އާޗާ ޕްރިޕެއިޑް ޕްލޭންތައް!
ދިގު މުއްދަތައް ބޭނުންކުރެވޭ ގޮތަށް ފަރުމާކޮށްފައިވާ އާޗާ ޕްލޭންތަކަކީ ގިނަ ގިނައިން ރީޗާޖު ކުރަން ނުޖެހޭނެހެން އެއް ފަހަރު އެކްޓިވޭޓް ކޮށްގެން މުޅި އަހަރަށް، ހަ މަހަށް އަދި ތިން މަހަށް ބޭނުންކުރެވޭ ޕްލޭންތަކެކެވެ.
އުރީދޫން ބުނީ، މި ޕްލޭންތައް މި އޮފާއާއި ގުޅިގެން ވަނީ އިތުރު ޑާޓާއެކު އަޕްގްރޭޑް ކުރެވިފައެވެ. އާޗާގެ މި ޕްރިޕެއިޑް ޕްލޭންތައްވެސް އުރީދޫ އެޕް މެދުވެރިކޮށް މިހާރު އެކްޓިވޭޓް ކުރެވޭނެއެވެ
އުރީދޫން ބުނީ، ބޮޑު ޗުއްޓީ ދުވަސްވަރާ ދިމާކޮށް އެ ކުންފުނިން ތައާރަފުކޮށްފައިވާ މި ހާއްސަ އޮފާތަކަކީ އާއިލާއާއި ރައްޓެހިންނާ ގުޅުން ބަދަހިކޮށްލައި ފިލްމް އަދި ސީރީޒްތައް ސްޓްރީމް ކޮށްލައި ގޭމު ކުޅެލާ، މެދުކެނޑުމެއްނެތި ފުރިހަމަ އިންޓަނެޓްގެ ތަޖުރިބާއެއް ހޯދައިދީ އާ އަހަރާ ގުޅިގެން ކަސްޓަމަރުންނަށް ފޯރުކޮށްދިން ހަދިޔާއެއް ކަމަށެވެ.