ޚަބަރު

މަސްތުވާތަކެތި އެތެރެކުރި އިންޑިއާ ދެ މީހަކު ހައްޔަރުކޮށް ބަންދަށް 30 ދުވަސް

ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރި އިންޑިއާގެ ދެ މީހަކު ހައްޔަރުކޮށް ބަންދަށް 30 ދުވަސް ޖަހައިފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެ ކުރި އިންޑިއާ މީހަކާއި އެތަކެއްޗާ ހަވާލުވާން ދިޔަ މީހާއެވެ. އެއީ ސައްޑާމް ހުސައިން، 30އ. އަދި އެމް.ޑީ ތަމަންނާ، 31އ. އެވެ.

ކުރިމިނަލް ކޯޓުގެ ބަންދު އަމުރުގައިވާ ގޮތުން ތަމަންނާ ގެނައި ލަގެޖުން މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތަކެތި ފެނިފައިވެއެވެ. ނަމަވެސް އެއީ އޭނާގެ އެއްޗެއް ނޫން ކަމަށާއި އެތަކެއްޗަކީ އޭނާއާ މީހަކު ހަވާލުކުރި ތަކެތި ކަމަށް ބުނެފައިވެއެވެ.

އެ ތަކެއްޗާ ހަވާލުވާން ދިޔަ ސައްޑާމް ހުސައިން ވަނީ އެއީ އޭނާ ބޭނުން ކުރަންވެގެން ގެނައި ތަކެތި ކަމަށް ބުނެފައެވެ.

މިއީ ޖިނާއީ ބޮޑު ކުށެއްގެ ތުހުމަތުވާ ދެ މީހުން ކަމަށްވާތީ، ކޯޓުން އިއްޔެ ނިންމީ އެ ދެ މީހުންގެ ބަންދަށް ވެސް 30 ދުވަސް ދޭށެވެ.