ހިޔާ ފްލެޓުގެ އެޕާޓްމަންޓެއްގައި މީހަކު ރަހީނު ކުރުމަށްފަހު އެ މީހާގެ އިނގިލި ބުރިކޮށްލަން އުޅުނު މައްސަލައިގައި ދައުވާކުރަން ޕްރޮސިކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހަށް ފޮނުވާފައިވާ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.
ފުލުހުންގެ މީޑިއާ އިން މިއަދު ބުނީ އެ މައްސަލައިގެ ތަހުގީގު ނިންމައި ދައުވާކޮށް ދިނުމަށް ފޮނުވީ މިދިޔަ ހޮނިހިރު ދުވަހު ކަމަށެވެ. އަދި އެ މައްސަލައިގައި ހައްޔަރުކޮށްފައިވާ އެންމެން ކޯޓުން ދޫކޮށްލާފައިވާ ކަމަށްވެސް ބުންޏެވެ. ކޯޓުން އެ މީހުން ދޫކޮށްލި ސަބަބެއް ފުލުހުން ނުބުނެއެވެ.
އެޗް9-20-11 ގައި ރަހީނުކުރި މީހާ ސަލާމަތްކުރީ މިދިޔަ މަހުގެ ހަތްވަނަ ދުވަހު ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ. ފުލުހުން ބުނި ގޮތުގައި މަސްތުވާތަކެއްޗާ ގުޅޭ މައްސަލައެއްގައި އެ މީހާ ރަހީނުކުރީ ގޭންގަކަށް ނިސްބަތްވާ ބައެކެވެ.