ޚަބަރު

އެޗްޑީސީން 5 ލެޕްޓޮޕް ވަގަށް ނަގައިފި

ހިޔާނާތުގެ ތެރެއިން ބިމާއި ފްލެޓް ދިން ކަމަށް ތުހުމަތު ކުރެވޭ ބޮޑެތި މައްސަލަތަކެއްގެ ތެރޭގައި އޮތް އެޗްޑީސީން ފަސް ލެޕްޓޮޕް ވަގަށް ނަގައިފިއެވެ.

ފުލުހުން މިއަދު ބުނީ އެޗްޑީސީން އެ މައްސަލަ މިއަދު ރިޕޯޓްކޮށްފައިވާ ކަމަށެވެ. ލެޕްޓޮޕްތައް ވަގަށް ނެގީ ހުޅުމާލޭ ފޭސް ދޭއްގައި މިހާރު ހިމެނޭ ފަރުކޮޅުފުށީގައި ހުންނަ އެޗްޑީސީގެ ޕްރޮޖެކްޓް އޮފީހުން ކަމަށާއި މި މައްސަލައިގައި ތުހުމަތު ކުރެވޭ މީހާ އެ ވަގުތު ހުރީ މަސްތުވާތަކެތީގެ މައްސަލައެއްގައި ހައްޔަރުކޮށްފައި ކަމަށްވެސް ބުންޏެވެ.

"(ލެޕްޓޮޕްތައް) އަދި ނުފެނޭ. ހޯދުމުގެ މަސައްކަތަށް ކުރިއަށް އެބަދޭ. ތުހުމަތު ކުރެވޭ މީހާ ދަނީ ފުލުހުންނަށް އެއްބާރުލުން ދެމުން،" ފުލުހުންގެ ތަރުޖަމާނު އަހުމަދު ޝިފާން ވިދާޅުވިއެވެ.

އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށް ވެސް ފުލުހުން ބުންޏެވެ.