ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. ނަމަވެސް ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ.
ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ.
ނަމަވެސް ތަފާތު ރަހަތައް ދިވެހިން ތަޖުރިބާކުރެއެވެ. އެގޮތުން މަސް ބަނަހަކީވެސް ވަރަށް ކަމުދާ ކެއުމެކެވެ.
ބޭނުންވާ ތަކެތި:
1 ޖޯޑު ގޮދަން ފުށް
1 ސައިސަމުސާ އިންސްޓަންޓް އީސްޓް
1 ދަޅު މަސް
1 ސަމުސާ ހަކުރު
1 ސަމުސާ ބަޓަރު
2 ފިޔާ (ހިމުންކޮށް ގާނާފައި)
2 ޓޮމާޓޯ (ކޮށާފައި)
1 ސަމުސާ ހަކުރު
1/2 ސަމުސާ އަސޭމިރުސް
ކުޅަ ލޮނުކޮޅެއް.
ތައްޔާރުކުރާނެ ގޮތް:
ފުށާއި އީސްޓް، ބަޓަރު، ހަކުރު، ލޮނު، އެއްކޮށްފައި ތާފަނާ ފެނުން ފުށްގަނޑު މޮޑެލާށެވެ. އެއަށްފަހު މޮޑުނު ފުށްގަނޑު މަތި ބަންދުކޮށްފައި 1 ގަޑިއިރު ބާއްވާށެވެ. ދެން ތަވާ އުނދުންމައްޗަށް އުދާލާފައި ކުޑަ ތެޔޮފޮދެއް އަޅާފައި ހޫނުވީމާ ފިޔާކޮޅު އަޅައި، ފިޔާކޮޅު މޯޅިވީމާ މަސް، ލޮނު، އަސޭމިރުސް، ޓޮމާޓޯ، އަޖިނަމޮޓޯ، އެއްކޮށް އަޅާފައި ރޯފިލުމުން އުނދުންމަތިން ބާލާށެވެ. އެއަށްފަހު ފުއްގަނޑު ގުޅަޖައްސަވާށެވެ. ދެން ކޮންމެ ފުއްގުޅައެއްގެ ތެރެއަށް މަސްކޮޅެއް ލުމަށްފަހު ވަށްކޮށް ގުޅަ ހަދާށެވެ. ބަނަސްތައް ޓްރޭގައި އަތުރާލުމަށްފަހު އަވަނުން ފިހެލާށެވެ.