ތަރައްގީގެ މަޝްރޫއުތައް ހިންގާނީ ވަޒީރު ނުވަތަ ސަރުކާރުން ބުނާ ގޮތަށް ވޯޓް ދިނުމުން ކަމަށް މަޖިލީހުގެ މެންބަރުންގެ ކައިރީގައި ބުނުމަކީ ހަޑިކަމެއް ކަމަށް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ ވިދާޅުވެއްޖެއެވެ.
އީވާ މިހެން ވިދާޅުވީ އޭނާ މިއަދު ކުރެއްވި ޓުވީޓެއްގަ އެވެ. ''ވެރިކަން ބަދަލުކުރީ މިއަޑު ނާހަން. މިގޮތް ކަމުނުދިޔައީމަ. މަޖިލިސް މެންބަރުން ސިހޭކަށް ނުޖެހޭ.'' އީވާގެ ޓުވީޓުގައި ވިދާޅުވިއެވެ. އެހެން ނަމަވެސް އީވާ އެހެން ވިދާޅުވީ ކީއްވެ ކަމެއް ސާފުވާގޮތެއް ނުވި އެވެ.
އީވާއަށް ''ވަންއޮންލައިން'' އިން ގުޅުމުން ފޯނަށް ޖަވާބު ނުދެއްވާތީ އެކަމާ ގުޅޭގޮތުން އިތުރު މައުލޫމާތު ސާފުވާގޮތް ވަނީ ނުވެފައެވެ.
މަޖިލީހުގެ ރައީސް ކަމަށް ބޭފުޅަކު އިންތިހާބު ކުރުމުގައި އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވުންތަކެއް ވަނީ އުފެދިފައެވެ.