މާލޭގެ ގެއެއްގެ ތެރޭގައި މަރުވެފައި އޮތް މީހަކު ފެނިއްޖެއެވެ.
ފުލުހުން މީޑިއާތަކަށް މިރޭ ފޮނުވި މެސެޖެއްގައި ބުނީ ގަލޮޅުގައި ހުންނަ ގެއެއްގައި ހަބަރު ހުސްވެފައި މީހަކު އޮތްކަމުގެ މައުލޫމާތު މިއަދު ހަވީރު 5:02 އެހާކަންހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
ފުލުހުން ބުނީ އެ މީހާ އައިޖީއެމްއެޗަށް ގެންދިޔައިރުވެސް މަރުވެފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށެވެ.
ފުލުހުން ބުނި ގޮތުގައި މަރުވެފައި އޮއްވައި ފެނުނީ ގ. ފެރެސް ލައިޓް އަލީ ރަޝީދު 35އ އެވެ.
ފުލުހުން އަންނަނީ ރަޝީދުގެ މަރު އިތުރަށް ތަހުގީގު ކުރަމުންނެވެ.