ފުލުހުންގެ ވެހިކަލެއް ހޮޅިދަނޑިއެއްގައި ޖެހި އެކްސިޑެންޓެއް ހިނގައިފި އެވެ.
މިއަދު 10:46 ހާއިރު މި އެކްސިޑެންޓު ހިނގާފައިވަނީ ހއ. ހޯރަފުށީގައެވެ. ފުލުހުން މައުލޫމާތު ދިންގޮތުގައި މި އެކްސިޑެންޓު ހިނގާފައިވަނީ ފުލުހުންގެ ވެހިކަލްގައި ބަނދަރު ސަރަހައްދު ޕެޓްރޯލް ކުރުމަށް އެސަރަހައްދުގައި ދުއްވަނިކޮށް މަގުމަތީގައި އޮތް ވަޅުގަނޑަކުން ނައްޓާލަން އުޅެނިކޮށެވެ.
މިހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއްނުވެއެވެ. ނަމަވެސް ފުލުހުންގެ ވެހިކަލްގެ ކުރީކޮޅަށް އެކިވަރުގެ ގެއްލުން ލިބިފައިވެއެވެ.