އުރީދޫ މޯލްޑިވްސް އާއި ފިޓްސްއެއާ ގުޅިގެން ބާއްވާ އުރީދޫ ފަން ރަން 2024 ގެ ބައިވެރިންގެ ތެރެއިން ނަސީބުވެރި ދެ ފަރާތަކަށް ކޮލަމްބޯ ދެކޮޅު ޓިކެޓު ދިނުމަށް ނިންމައިފިއެވެ.
ފިޓްސްއެއާ އަކީ ސްރީލަންކާގެ އެންމެ އަގުހެޔޮ އެއާލައިން އަދި އަމިއްލަ ފަރާތެއްގެ ފުރަތަމަ ބައިނަލްއަގުވާމީ އެއާލައިނެވެ. ފިޓްސް އެއާއިން ދުބާއީ، ކޮލަމްބޯ، ޗެންނާއީ އަދި ޑާކާ ފަދަ މަންޒިލްތަކަށް ފަސޭހައިން އުދުހުމުގެ ތަޖުރިބާއެއް ކަށަވަރުކޮށްދެއެވެ.
ފިޓްސްއެއާގެ މާކެޓިން އެންޑް ކޮމިއުނިކޭޝަންސް މެނޭޖަރު ޝާފިޔާ ކަރީމް ވިދާޅުވީ އުރީދޫ މޯލްޑިވްސްގެ ފަން ރަން 2024 ގައި ބައިވެރިވުމަކީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށެވެ. އަދި މިއީ އުރީދޫއާއެކު ކުރިއަށްގެންދެވޭ ފުރަތަމަ ކޮލަބޮރޭޝަންކަން ފާހަގަކުރިއެވެ.
އޭގެ އިތުރުން މި ޕާޓްނާޝިޕަކީ ފިޓްސްއެއާއިން މުޖުތަމައުތައް ގުޅާލައި، ދަތުރުފަތުރުގެ ވަސީލަތްތައް އަތްފޯރާ ފަށަށް ގެނެސް ކަސްޓަމަރުންނަށް އުފާވެރި ތަޖުރިބާތަކެއް ގެނެސްދިނުމަށް ކުރާ މަސައްކަތް ދައްކުވައިދޭ ކަމެއް ކަމަށާއި އަދި ނަސީބުވެރިން ކޮލަމްބޯގެ ދަތުރަށް މަރުހަބާ ކިޔައި، ކުރިއަށް އޮތް ތަނުގައި ވެސް އެކުގައި ގިނަ ފުރުސަތުތައް ތަނަވަސްކޮށްދިނުމުގައި ދެމިތިބޭނެ ކަމަށް އުންމީދު ކުރާ ކަމަށް ޝާފިޔާ ވިދާޅުވިއެވެ.
އުރީދޫން ބުނީ މި ލަކީޑްރޯގައި ބައިވެރިވުމަށް ކަސްޓަމަރުން މާދަމާ ހަވީރު 5:30 ގެ ނިޔަލަށް ގޯޕްލޭ އެޕް ޑައުންލޯޑްކޮށް، ސައިން އަޕްކޮށް ބޭނުންކޮށްލަން ޖެހޭނެ ކަމަށެވެ. ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވަނީ ޑްރޯއަކުން ކަމަށާއި ފައިނަލް އިވެންޓް ދުވަހު، މާދަމާ ހަވީރު 5:45 ގައި އުރީދޫ ފަން ރަން މައި ސްޓޭޖުގައި ލައިވްކޮށް އިއުލާނުކުރާނެ ކަމަށް އުރީދޫން ބުންޏެވެ.
ގްރޭންޑް ގިވްއަވޭގެ އިތުރުން ފިޓްސްއެއާ އިން އަންނަނީ މި އޮފާއަށް ރަޖިސްޓްރީވާ ހުރިހާ ބައިވެރިންނަށް ކޮލަމްބޯއަށް ކުރާ ދަތުރުތަކުން 15 ޕަސެންޓް ޑިސްކައުންޓް ވެސް ދެމުން ކަމަށާއި އިވެންޓުގެ ތެރެއިން ލިބެން ހުރި ކިއުއާރު ކޯޑުތައް ސްކޭންކޮށްގެން، އިވެންޓުގައި ބައިވެރިވާ ފަރާތްތަކަށް ފަސޭހައިން ރަޖިސްޓްރީ ކުރެވެން ހުންނާނެ ކަމަށް އުރީދޫން ބުންޏެވެ.
އުރީދޫން ބުނީ ކިއުއާރު ކޯޑު ސްކޭން ކުރުމަށްފަހު ބައިވެރިން ރަޖިސްޓްރީ ފުރިހަމަކުރުމަށް ފިޓްސްއެއާ އިން ފޯރުކޮށްދޭ ލޭންޑިން ޕޭޖަކަށް ފޮނުވާނެ ކަމަށާއި އެއަށްފަހު ފިޓްސްއެއާ އިން ޓާމްސް އާއި ވެލިޑިޓީ ހިމެނޭ ގޮތަށް ހުރިހާ އޮފާ ތަފްސީލެއް ސީދާ ކަސްޓަމަރުންނާ ހިއްސާކުރާނެ ކަމަށެވެ.
ފިޓްސްއެއާގެ ފަރާތުން ހުށަހަޅާފައިވާ ކޮލަމްބޯ ދަތުރު ކާމިޔާބުކުރުމަށް ނުވަތަ އެކްސްކްލޫސިވް ޓްރެވަލް ޑިސްކައުންޓް ހޯދުމުގެ ފުުރުސަތު ގެއްލުވާނުލައި، ގޯޕްލޭ އެޕް ޑައުންލޯޑްކޮށް އުރީދޫ ފަން ރަން 2024 ގެ މަޖާގައި ބައިވެރިވުމަށް އުރީދޫން އެދެއެވެ.
ގޯޕްލޭ މާކެޓާކީ ހިލޭ ބޭނުންކުރެވޭ އޯޓީޓީ ޕްލެޓްފޯމެކެވެ. ގޯޕްލޭ މާކެޓް އެކްޓިވޭޓް ކުރުމަށް: https://ore.do/goplaymarketmv އުރީދޫ ފަން ރަން އާއި އެ ރަންގެ ހަރަކާތްތައް މާދަމާ ހަވީރު 4:30 ގައި ހުޅުމާލެ ސެންޓްރަލް ޕާކުން ފަށާނެއެވެ.