ޚަބަރު

އުރީދޫ މޯލްޑިވްސްގެ ވެރިފައިޑް ވަޓްސްއެޕް އެކައުންޓް ލޯންޗުކޮށްފި

އުރީދޫ މޯލްޑިވްސްގެ ވެރިފައިޑް ކަސްޓަމާ ސަޕޯޓް އެކައުންޓް، ވަޓްސްއެޕް މެދުވެރިކޮށް ތައާރަފުކޮށްފިއެވެ.

އުރީދޫން މިއަދު ބުނީ ކަސްޓަމާ ސަޕޯޓް އެކައުންޓް ވަޓްސްއެޕް މެދުވެރިކޮށް ތައާރަފުކޮށް، ރާއްޖޭގައި ތިބި ކަސްޓަމަރުންނަށް އަވަސް، ރައްކާތެރި އަދި ފަސޭހަ ހިދުމަތެއް 24 ގަޑިއިރު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަކީ އުރީދޫއަށް ލިބޭ ވަރަށް ބޮޑު އުފަލެއް ކަމަށާއި މިއީ ޑިޖިޓަލް އިނޮވޭޝަން މެދުވެރިކޮށް ކަސްޓަމަރުންގެ ތަޖުރިބާ އިތުރުކުރުމަށް އުރީދޫން ކުރަމުން އަންނަ މަސައްކަތަށް އިތުރު ކުރިއެރުމެއް ކަމަށެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ފުޅާ ދާއިރާއެއްގައި ވަޓްސްއެޕް ބޭނުންކުރަމުންދާ އިރު، އެ ޕްލެޓްފޯމަކީ ކަސްޓަމަރުންނަށް އުރީދޫއާ ގުޅުމަށް ވަރަށް އަހުލުވެރި އަދި ހަރުދަނާ މަގެއް ކަމަށް އެ ކުންފުނިން ދެކެއެވެ. ވެރިފައިޑް ވަޓްސްއެޕް އެކައުންޓުން ކަސްޓަމަރުންނަށް ލިބިގެންދާނީ؛

  • 24/7 ކަސްޓަމާ ސަޕޯޓް: ކޮންމެ ވަގުތެއްގައި ވެސް ސުވާލުތަކާއި ހިދުމަތްތަކަށް ވަގުތުން އެހީތެރިކަން ފޯރުކޮށްދިނުން.
  • އެންހަންސްޑް ސެކިއުރިޓީ: ވެރިފައިޑް އެކައުންޓް ސްޓޭޓަސް އިން ކަސްޓަމަރުންނަށް މުއާމަލާތަކީ ސައްހަ އަދި ރައްކާތެރި މުއާމަލާތެއްކަން ޔަގީންކޮށްދެއެވެ.
  • ކަސްޓަމަރުންނަށް ކޮންމެ ދުވަހަކު ބޭނުންކުރާ ޑިޖިޓަލް ކޮމިއުނިކޭޝަން އެޕް މެދުވެރިކޮށް އުރީދޫގެ ސަޕޯޓް ޓީމާ މެދުކެނޑުމެއްނެތި ވާސިލުވެވޭނެއެވެ.

އުރީދޫން ބުނީ ވަޓްސްއެޕާއެކު މި އިންޓަގްރޭޝަންގެ ސަބަބުން އުރީދޫއަށް އިނޮވޭޓިވް ކަސްޓަމާ އެންގޭޖްމަންޓް ސޮލިއުޝަންތަކަށް ވަޓްސްއެޕްގެ ބޭނުން ހިފުމުގެ ފުރުސަތު ލިބިގެންދާ ކަމަށާއި އުރީދޫ މޯލްޑިވްސް އިން އިންޑޯސެޓް އުރީދޫ ހަޗިސަންއާ ގުޅިގެން މި ސޮލިއުޝަން ރާއްޖެއަށް ގެނެސްދީ، ކަސްޓަމަރުންގެ ޑިޖިޓަލް ބޭނުންތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަސްޓަމަރުންގެ ހިދުމަތް ފުޅާކޮށްދިނުމަކީ އެ ކުންފުނިން ފަހުރުވެރިވާ ކަމެއް ކަމަށެވެ.

ކަސްޓަމަރުންނަށް އުރީދޫގެ ވެރިފައިޑް ވަޓްސްއެޕް ނަމްބަރު (9611929 960+) އަށް މެސެޖުކޮށްގެން މިއަދުން ފެށިގެން ކަސްޓަމާ ސަޕޯޓު ލިބިގެންދާނެ ކަމަށާއި އެ ޗެނަލުން ޕްރޮޑަކްޓްތަކާއި ހިދުމަތްތަކާއި ބިލިންއާއި ޓްރަބްލްޝޫޓިން އާއި އެހެނިހެން އެހީތެރިކަން ބޭނުންވާ ކަންކަމާ ބެހޭ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް އުރީދޫން ބުންޏެވެ.