ވައްކަމާއި ފޭރުން

ރަތަފަންދޫއިން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނެގި މައްސަލައިގައި ހައްޔަރުކުރި މީހުންގެ މުއްދަތު ޖަހައިފި

މިމަހުގެ 24 ވަނަ ދުވަހުގެ ރޭ ގދ. ރަތަފަންދޫގައި ފިހާރައެއް ފަޅާލައި ވައްކަންކުރި މައްސަލައިގައި ހައްޔަރުކުރި މީހުންގެ ބަންދުގެ މުއްދަތު ޖަހައިފިއެވެ.

ފުލުހުން މިއަދު ބުނީ އެމައްސަލައިގައި ހައްޔަރުކުރީ 27 އަހަރުގެ ފިރިހެނަކާއި 21 އަހަރުގެ ފިރިހެނަކާއި 19 އަހަރުގެ ފިރިހެނަކާއި 17 އަހަރުގެ ކުއްޖެއް ކަމަށެވެ.

އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ތިނަދޫ މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ބަންދަށް މިހާރުވަނީ ތިން ދުވަސް ޖަހާފައެވެ. އަދި އެމައްސަލަ ރަތަފަންދޫ ޕޮލިސް ސްޓޭޝަނުން ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ ރަތަފަންދޫގައި ފިހާރައެއް ފަޅާލައިގެން ވައްކަންކުރި މައްސަލައިގައި ވަގަށް ނެގި ފައިސާ ހޯދާފައިވާ ކަމަށެވެ. އޭގެ ތެރޭގައި 20،000 ރުފިޔާއާއި 412 ޑޮލަރާއި 10 ޔޫރޯގެ އިތުރުން 2 ކާޓޫނު ސިނގެރެޓް ހިމެނޭ ކަމަށެވެ.