ކ. ގުރައިދޫގައި މަރުވި ހަތަރު މަހުގެ ތުއްތު ކުއްޖާގެ ހަށިގަނޑު ޕޯސްޓްމޯޓަމް ހެދުމަށްޓަކައި އިންޑިއާއަށް ފޮނުވައިފިއެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ އެ ކުއްޖާގެ ހަށިގަނޑު އިންޑިއާއަށް ފޮނުވީ މިއަދު މެންދުރު 12:00 ގައި އޮތް ފްލައިޓަކުން ކަމަށެވެ.
ކ. ގުރައިދޫގައި ހަތަރު މަހުގެ ކުއްޖެއް މަރުވީ މި މަހުގެ 14 ވަނަ ދުވަހުއެވެ.
"ވަން" އަށް އެނގިފައިވާ ގޮތުގައި އެ ކުއްޖާ، އެ ރަށު ސިއްހީ މަރުކަޒަށް ގެންދިޔަ އިރުވެސް އޮތީ މަރުވެފައެވެ. ނަމަވެސް އެ ކުއްޖާ މަރުވި ސަަބަބެއް އަދި ސާފެއް ނޫނެވެ.