ރޯދަމަސް

ރަހަފަތް: ކަނަމަދު ކޭކު

ޝަހީދާ އަބްދުﷲ ސައީދު

ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.

ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. އަދި ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ.

ގިނަ ދިވެހިންނަށް އަދިވެސް އެންމެ ކަމުދަނީ ދިވެހި ކެއުމެވެ. ދިވެހިންނަކީ އަމިއްލަ އުފެއްދުންތަކަށް ލޯބިކުރާ ބައެކެވެ.

އެގޮތުން ކަނަމަދު ކޭކަކީ ވެސް ދިވެހިންގެ މެދުގައި ވަރަށް މަަގުބޫލު ކެއުމެކެވެ.

ބޭނުންވާ ތަކެތި:

2 ޖޯޑު ފުށް

1 ޖޯޑު ހަކުރު

1/2 ޖޯޑު ކަނަމަދު (މެދުން ފަޅާފައި)

4 ބިސް

2 ސަމުސާ ބޭކިން ޕައުޑަރު

2 ސަމުސާ ވެނީލާ އެސެންސް

1/2 ޖޯޑު ޑަޗްލޭޑީ ކިރު

2 ސަމުސާ މާޖިރިން

ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ ގޮދަން ފުށުގެ ތެރެއަށް ބޭކިން ޕައުޑަރު އަޅައި އެއްކޮށްލާށެވެ. ދެން މިކްސަރަށް ފުށް، ބިސް، ހަކުރު، މާޖިރިން އަޅައި ކިރާލާށެވެ. އެއަށްފަހު ކިރު، އެސެންސް ކަނަމަދު އަޅައި ގިރާލާށެވެ. ޓްރޭގައި ކުޑަ މާޖިރިން ކޮޅެއް އުނގުޅުމަށްފަހު ފުށްގަނޑު އޮއްސާލާށެވެ. ދެން އަވަނުން ފިހާށެވެ. ބޭނުން ނަމަ ޓްރޭއަށް ފުށްގަނޑު އޮއްސާލުމަށްފަހު ކޭކުގެ މައްޗަށް ވެސް ކަނަމަދުކޮޅު އަޅައިލެވިދާނެއެވެ.