ޚަބަރު

އުރީދޫ މޯލްޑިވްސްގެ ޓެކްފިން ކުންފުނީގެ ހިއްސާތައް އޯއެފްޓީއަށް ވިއްކާލައިފި

އުރީދޫ މޯލްޑިވްސްގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ޓެކްފިން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ 100 ޕަސެންޓް ހިއްސާ، އުރީދޫ ގްރޫޕުގެ ދަށުން ހިންގާ އޯއެފްޓީ އިންޓަނޭޝަނަލްއަށް ވިއްކާލައިފިއެވެ.

އުރީދޫ މޯލްޑިވްސްގެ އީ-ވޮލެޓު 'އެމް-ފައިސާ' ގެ ހިދުމަތް ދިނުމަށް އުފެއްދި ޓެކްފިން ކުންފުނީގެ ހިއްސާ އޯއެފްޓީއަށް ވިއްކައި ބަދަލުކުރަން ނިންމީ މިދިޔަ ހޮނިހިރު ދުވަހުގެ ރޭ އޮންލައިންކޮށް ބޭއްވި އުރީދޫ މޯލްޑިވްސްގެ ހާއްސަ ގޮތުން ކުރާ އާންމު ޖަލްސާ (އީޖީއެމް)ގައެވެ.

އެގޮތުން އެ ޖަލްސާގައި ވަނީ ޓެކްފިންގެ 1.5 މިލިއަން ހިއްސާ އޯއެފްޓީއަށް ވިއްކައި ބަދަލުކުރަން ނިންމައިފައެވެ.

އުރީދޫ ގްރޫޕުގެ ދަށުން ހިންގާ ކުންފުނިތަކުން އުފައްދާފައިވާ ހުރިހާ ޓެކްފިން ކުންފުންޏެއް އޯއެފްޓީގެ ދަށުން ހިންގާ ގޮތަށް ބަދަލު ކުރުމަކީ އުރީދޫ ގްރޫޕުގެ ސްޓްރެޓެޖިކް ޕްލޭނުގައި ހިމެނޭ ކަމެކެވެ.

އޯޓީއެފްގެ ދަށަށް ޓެކްފިން މޯލްޑިވްސް ކުންފުނި ބަދަލު ކުރަން ހުށަހެޅީ އެ ޕްލޭނުގެ ދަށުންނެވެ.