ޚަބަރު

އެފްއެސްއެމްގެ އެމްޑީ އަކަށް އާޝާން، މިއީ އެސްޓީއޯ ގްރޫޕުގެ ކުންފުންޏަކާ ހަވާލުވި ފުރަތަމަ އަންހެން އެމްޑީ!

މުހައްމަދު އިޝާން

ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރުގެ މަގާމަށް ފާތިމަތު އާޝާން އައްޔަންކުރައްވައިފިއެވެ.

އެފްއެސްއެމްއަކީ، ސްޓޭޓް ޓްރޭޑިން އޯގަނިޒޭޝަން (އެސްޓީއޯ)ގެ ދަށުން ހިންގާ ކުންފުންޏެކެވެ.

އެސްޓީއޯއިން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ މިއީ އެސްޓީއޯ ގްރޫޕްގެ ތާރީހުގައި ވެސް އެ ގްރޫޕްގެ ދަށުން ހިންގާ ކުންފުންޏެއްގެ އިސްވެރިއަކަށް އަންހެނަކު އައްޔަންކުރެއްވި ފުރަތަމަ ފަހަރު ކަމަށެވެ.

އާޝާން މީގެ ކުރިން ވަނީ އެސްޓިއޯގެ ހެޑް އޮފް ބިޒްނަސް ޑިވެލޮޕްމެންޓް، ހިއުމަން ރިސޯސް އެންޑް އެޑްމިނިސްޓްރޭޓިވްގެ މަގާމު އަދާކުރައްވައިފައެވެ. އޭނާ ވަނީ އެސްޓީއޯގެ ސީނިއާ ޖެނެރަލް މަގާމު ވެސް ފުރުއްވައިފައެވެ.

އޭގެ ފަހުން މިފްކޯގެ ޑެޕިއުޓީ ސީއީއޯގެ މަގާމުވެސް އާޝާން ވަނީ އަދާކުރައްވައިފައެވެ.