މަރުކަޒީ ބޭންކް، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އެ އިދާރާގެ މުވައްޒަފުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ ޑާޓާ އާޓް މުބާރާތަށް ވޯޓު ދީގެން 5،000 ރުފިޔާގެ ކޮމަމަރޭޓިވް ނޫޓެއް ހޯދުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
އެމްއެމްއޭ އިން ބުނީ، އެ މުބާރާތުގެ އެއް މަގުސަދަކީ ތަފާސްހިސާބު އާޓްވޯކެއް ގޮތަށް ގެނެސްދިނުން ކަމަށާއި އޭގެ ސަބަބުން ތަފާސްހިސާބު ކްރިއޭޓިވް ގޮތަކަށް ގެނެސްދިނުމަށް މަގުފަހިވެގެންދާނެ ކަމަށެވެ. އަދި އޭގެ ސަބަބުން ތަފާސްހިސާބަށް އޮންނަ ހޭލުންތެރިކަން އިތުރުވެގެންދާނެ ކަމަށް އުންމީދުކުރާ ކަމަށްވެސް ބުންޏެވެ.
މި މުބާރާތުގެ އާޓް ވޯކްތަކަށް، އޮންލައިންކޮށް ވޯޓު ދިނުމުގެ ފުރުސަތު މިއަދުގެ މެންދުރު 12:00 އާ ހަމައަށް އޮންނާނެއެވެ.
ވޯޓު ލެވޭނީ ttps://www.mma.gov.mv/rc2024/#/vote އަށް ވަދެގެންނެވެ.