ޒަމާނުއްސުރެ ދިވެހިންނަކީ ރަމަޟާން މަހު މީރު ކެއުން ކައިގެން އުޅޭ ބައެކެވެ. އެގޮތުން އެންމެ ތަނަވަސް މީހާއިން ފެށިގެން އެންމެ އާދައިގެ މީހާވެސް ރޯދަމަހު ކައިބޮއި އުޅެނީ އެހެން މަސްތަކާ ހިލާފަށް މީރު ކޮށެވެ.
ދިވެހިންނަކީ ތަފާތު ރަހަތައް ތަޖުރިބާކުރާ ބައެކެވެ. ނަމަވެސް ދިވެހިންގެ ސަގާފަތާއި އާދަކާދައިގެ މަތިން މިޒަމާނުގައިވެސް ދިވެހި ކެއުން ހުރިހާ ގެއެއްގައިވެސް ބޭނުން ކުރެއެވެ.
އެގޮތުން ޕާން ބޯކިބަލަކީވެސް ވަރަށް މީރު އެއްޗެކެވެ.
ބޭނުންވާ ތަކެތި:
1 ކުޑަ ޕާނެއް
4 ކުކުޅު ބިސް
2 ޖޯޑު ފެން
1 ދަޅު ގެރިކިރު
3 ސަމުސާ ހަކުރު
2 ސަމުސާ ވެނީލާ އެސެންސް
ތައްޔާރުކުރާނެ ގޮތް:
2 ޖޯޑު ފެން ބޯތައްޓެއް ކަހަލަ އެއްޗަކަށް އެޅުމަށްފަހު ޕާން ރަނގަޅަށް އަތުން މޮޑެލާށެވެ. އެއަށްފަހު ކިރު، ހަކުރު، ބިސް އެސެންސް އެޅުމަށްފަހު އަތުން ރަނގަޅަށް ގިރާލާށެވެ. ޓްރޭގައި މާޖިރިން ނުވަތަ ބަޓަރުކޮޅެއް ހޭކުމަށްފަހު ފުށްގަނޑު ޓްރޭއަށް އަޅާފައި އަވަނުން ފިހެލާށެވެ. މިއީ ތައްޔާރުކޮށްލަން ވަރަސް ފަސޭހަ އެއްޗެކެވެ.