ތޫމް ރެސްޓޯރެންޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފްއިން ހަރަކާތްތެރިވާން ފަށައިފިއެވެ.
އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު އިބްރާހިމް އާޒިމް ވިދާޅުވީ އާޓިފިޝަލް ބީޗް ކައިރީ ހުންނަ ތޫމް ރެސްޓޯރެންޓުގައި އަލިފާނުގެ ހާދިސާއެއް ހިނގައިގެން އެމްއެންޑީއެފް ފަޔާ އެންޑް ރެސްކިއު އިން ހަރަކާތްތެރިވާން ފަށާފައިވާ ކަމަށެވެ.
މިރޭ ތޫމް ރެސްޓޯރެންޓުގައި ރޯވި އަލިފާން މާގިނައިރުތަކެއް ނުވަނީސް ނިއްވާލާފައިވާ ކަމަށާއި އަލިފާން ރޯވީ ބަދިގޭގައި ހުރި ގޭސް ފުޅި ކައިރީގައި ހުރި ޑަސްބިނެއްގައި ކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
އެމްއެންޑީއެފް އިން ބުނީ އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވާ ކަމަށާއި އެ އިމާރާތަށް ވެސް ގެއްލުމެއް ވެފައި ނުވާ ކަމަށެވެ.