ޚަބަރު

ރެކޯޑު ކުރެވިފައިނުވާ މަހެއް ރާއްޖޭގެ ކަނޑުން ފެނިއްޖެ

ދުނިޔޭގައި މިހާތަނަށް ރެކޯޑު ކުރެވިފައި ނުވާ އާ މަހެއް ރާއްޖޭގެ ކަނޑުން ފެނިއްޖެއެވެ.

މެރިން ރިސާޗް އިންސްޓިޓިއުޓުން ބުނީ ރާއްޖޭގެ އަށް ސަރަހައްދަކުން އެ މަސް ފެނުނު ކަމަށް ރެކޯޑު ކުރެވިފައިވާ ކަމަށެވެ. އެގޮތުން ޅ. އަތޮޅުން ފެށިގެން ދ. އަތޮޅުގެ ސަރަހައްދު ހިމެނޭހެން 180 ކިލޯމީޓަރުގެ ސަރަހައްދަކުން އެ މަސް ފެނިފައިވާ ކަމަށެވެ.

އެ މަސް ފެނިފައިވަނީ 95 މީޓަރާއި 110 މީޓަރާ ދެމެދުގެ ފުންމިނަކުން ކަނޑުގެ އަޑިން އަލި ފަނޑުވާ ހިސާބުން ކަމަށްވެސް އެ އިދާރާއިން ބުންޏެވެ.

އެ މަހަަށް ދީފައިވާ ސައިންޓިފިކް ނަމަކީ "ކްރޯމިސް އަބަދަށް" އެވެ. އެއީ 6.9 ސެންޓިމީޓަރަށް ބޮޑުވާ މަހެކެވެ.

މެެރިން ރިސާޗް އިންސްޓިޓިއުޓުން އިތުރަށް ބުނީ، އޭގެ ހަތަރު މަސް ހިފައިގެން ތަހުލީލުކޮށްފައިވާ ކަމަށެވެ.