ރަމަޟާންމަހުގެ ފަހު ދިހައިގައި މާލޭސިޓީގައި ދަމުނަމާދު ކުރާ މިސްކިތްތައް އިސްލާމިކް މިނިސްޓްރީން އާންމުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން އާންމުކޮށްފައިވާ އިއުލާނުގައިވަނީ ރަމަޟާންމަހު މާލޭ 15 މިސްކެތެއްގައާއި، ވިލިމާލޭގެ 3 މިސްކިތަކާއި ހުޅުމާލޭގެ 5 މިސްކިތެއްގައި ދަމުނަމާދު ކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން މާލޭގައި ދަމު ނަމާދުކުރަން ހަމަޖެހިފައިވާ މިސްކިތްތަކަކީ،
މަސްޖިދުއްސުލްތާން މުހައްމަދު ތަކުރުފާނުލްއައްޒަމް
މަސްޖިދުއްސުލްތާނު މުހައްމަދު ބިން އަބްދިﷲ
މަސްޖިދުއްސުލްތާނު މުހައްމަދު ޝަމްސުއްދީން
މަސްޖިދުއްސުލްތާނު މުހައްމަދު ފަރީދުލްއައްވަލު
މަސްޖިދުއްސުލްތާން ހަސަން އިއްޒުއްދީން
މުހައްމަދު ޖަމީލްދީދީ މިސްކިތް
މަސްޖިދު ފުރްގާން
މަސްޖިދު ޖަލާލުއްދީން
މަސްޖިދުއްނޫރު
އިބްރާހީމީ މިސްކިތް
މަސްޖިދުއްޝަހީދު އަލީ
މަސްޖިދު އިސްކަންދަރު
މަސްޖިދު ޝަހީދު އަބްދުއްރަހްމާން
މަސްޖިދުއްސުލްތާން މުހައްމަދު އިމާދުއްދީން
މަސްޖިދު ސަލާހުއްދީން
ވިލިމާލޭގައި ދަމު ނަމާދުކުރަން ހަމަޖެހިފައިވާ މިސްކިތްތަކަކީ،
މަސްޖިދުއްސަލާމް
މަސްޖިދުލްއިހްލާސް
މަސްޖިދުލް ބިއްރި
ހުޅުމާލެގައި ދަމު ނަމާދުކުރަން ހަމަޖެހިފައިވާ މިސްކިތްތަކަކީ،
މަސްޖިދު ޝައިހް ގާސިމް ބިން އާލްޘާނީ
މަސްޖިދު އަޒީޒާ މޫސާ
މަސްޖިދު ޒައިދު ބުން ސާބިތު
ހުޅުމާލެ ވަގުތީ މިސްކިތް
މަސްޖިދު އުމަރު ބިން ހައްތާބު
އިސްލާމިކް މިނިސްޓްރީގެ އިއުލާނުގައި ބުނެފައިވަނީ މި މިސްކިތްކުގައި ދަމުނަމާދު ކުރުމުގެ އިތުރުން ރަމަޟާން މަހުގެ ފަހު 10 ގައި އިއުތިކާފަށް ތިބުމަށް ބޭނުންވާ ފަރާތްތަކަށް އެކަމުގެ އިންތިޒާމުވެސް ހަމަޖެހިފައިވާ ކަމަށެވެ.